Jun 12th

އަތޮޅުކައުންސިލަށް ބޭނުންވާ ފިއުލް ސަޕްލައިކޮށް ދިނުމުގެ އެގްރީމެންޓްގައި ސޮއިކޮށްފި

އަތޮޅުކައުންސިލަށް ބޭނުންވާ ފިއުލް ސަޕްލައިކޮށްދިނުމަށް މިއަހަރުގެ ކުރިއަށް އޮތް 6 މަސްދުވަހަށް އަތޮޅުކައުންސިލާއި ވިލިނގިލީ ހޮވާލާ ހޯލްޑިންގްސް އާއި ދެމެދު ވެވޭ އެގްރީމެންޓްގައި 01 ޖޫން 2016 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

 

އަތޮޅުކައުންސިލްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމެވެ. ހޮވާލާ ހޯލްޑިންގްސް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމްޕެނީގެ ސޭލްސް މެނޭޖަރ އައްސަދު އަޙުމަދެވެ. މި އެގްރީމެންޓްގެ ދަށުން މި އަހަރުގެ ނިޔަލަށް އަތޮޅުކައުންސިލްގެ އުޅަނދުތަކާއި، ވެހިކަލްތަކަށް ތެޔޮ ސަޕްލައިކޮށްދެވޭނެ އެވެ.