Sep 18th

ވިލިނގިލީ ޔޫތު ސެންޓަރގެ އޮފީސް ބައި ހިމެނޭ ޢިމާރާތް މަރާމާތުކުރުމުގެ އެގްރީމެންޓްގައި ސޮއިކޮށްފި

ޔޫތު ސެންޓަރުގެ އޮފީސްބައި ހިމެނޭ އިމާރާތް މަރާމާތުކުރުމަށްޓަކައި އޭ.އެފް.އެލް ކޮންސްޓްރަކްޝަން އާއި އަތޮޅުކައުންސިލް އާއި ދެމެދު މިއަދު އެގްރީމެންޓް ގައި ސޮއިކުރެވިއްޖެ އެވެ.

 

މި އެގްރީމެންޓްގައި ގއ.އޭ.އެފް.އެލް ގެ ފަރާތުން ސޮއިކުރެއްވީ އައްސަދު އަޙުމަދު އެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޙުސައިން އާދަމެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 260،460.00 ރުފިޔާ އެވެ. މި މަސައްކަތް ނިމޭއިރު، އިމާރާތާއި، އިމާރާތުގެ ބޭރުން ވަދެވޭ ގޮތަށް ހުރި 2 ފާޚާނާ އާއި ކޮރިޑޯ މަރާމާތު ކުރެވި އެތަންތަނުން ދޭ ޚިދްމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ އެވެ.