Apr 19th

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަތޮޅަށް ޚާއްޞަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމް ފެށެނީ..

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި އަތޮޅަށް އަމާޒް ހިންގަވަން ރާއްވަވާފައިވާ ނެވިމީހާގެ ނަމުގައި ބާއްވާ ޚާއްޞަ ތަމްރީނު ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައި އެވެ.

މި ޕްރޮގްރާމް ފެއްޓެވުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން ޕޮލިސް ގެ އިސްބޭފުޅުންގެ ޓިމަކާ އެކު މިއަދު އަތޮޅުކައުންސިލްގެ އިދާރާގައި ބައްދަލުވުމެއް ބޭއްވިފައިވެ އެވެ.

 

މި ބައްދަލުވުމުގައި މި ތަމްރީނު ޕްރޮގްރާމާއިބެހޭ މަޝްވަރާކޮށް، މިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންތައްތަކާމެދު ވާހަކަ ދެކެވިފައިވެ އެވެ.