Apr 25th

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަތޮޅުކައުންސިލް ގުޅިގެން ” ނެވިމީހާ ” މި ނަމުގައި ޕްރޮގްރާމެއް ހިންގައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ، ހެދިފައިވާ ގާނޫނާއި ގަވައިދުތަކަށް ހޭލުންތެރިކުރުމަށްޓަކައި ގއ. ވިލިނގިލީގެ އޮޑިދޯނި ފަހަރުގެ ކެޔޮޅުންނަށް އަމާޒްކޮށްގެން މޯލްޑިވްސް ޕޮލިސްސަރވިސް އާއި ގއ. އަތޮޅުކައުންސިލް އިދާރާއާއި ގުޅިގެން ” ނެވިމީހާ ” ގެ ނަމުގައި މައުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތަކެއް 20 އެޕްރީލް  2017 ގައި ގއ. އަތޮޅުކައުންސިލް އިދާރާގައި ހިންގައިފިއެވެ.

 

މި ޕޮރްގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސްގެ އިސްބޭފުޅުންނާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ކަމާއިބެހޭ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

 

2 ދުވަހުގެ މުއްދަތަށް ހިންގެވި މި ޕޮރްގްރާމުގައި ގއ. ވިލިނގިލީގެ މަސްދޯނި ފަހަރާއި ލޯންޗްތައް ދުއްވާ ކެޕްޓަނުންގެ އިތުރަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގައި މަސައްކަތްކުރައްވާ ބައެއް ކެޕްޓަނުންވެސް ބައިވެރިވެލައްވާފައި ވެއެވެ.