Jun 07th

ހުވަދުއަތޮޅުއުތުރުބުރީ 3ވަނަ އަތޮޅު ކައުންސިލްގެ 1ވަނަ ބައްދަލުވުން ބާއްވައިފި

ަތޮޅުކައުންސިލްގެ 3 ވަނަ ދައުރުގެ 1 ވަނަ ބައްދަލުވުން 06  ޖޫން 2017 ވީ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި    އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދެވެ. މި ބައްދަލުވުމުގައި ނާއިބްރައީސް އަޙުމަދު ނަޒްމީން އަދި ކައުންސިލަރ ޙުސައިން އާދަމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

 މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:

އިދާރާގެ ޗެކްތަކުގައި ސޮއިކުރާނެ ފަރާތެއް ކަނޑައަޅައި ޤަރާރެއް ފާސްކުރުން

މިކަން ނިންމެވީ:            އަތޮޅު ކައުންސިލް އިދާރާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ވިލިނގިލީ ބްރާންޗްގައި އޮޕަރޭޓް ކުރަމުން އަންނަ 4 އެކައުންޓުން  ފައިސާ ޚަރަދު ކުރުމުގެ ޗެކްތަކުގައި ސޮއި ކުރައްވާނީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދުއާއި، ނާއިބުރައިސް އަޙުމަދު ނަޛުމީން އާއި އަތޮޅުކައުންސިލްގެ ޑިރެކްޓަރ ( ޒިންމާދާރު ވެރިޔާ ) މުޙައްމަދު ނަޞީރު ޢަލީގެ އިތުރުން  ކުރިންވެސް ޗެކްތަކުގައި ސޮއިކުރައްވަމުން ގެންދެވި އަތޮޅު ކައުންސިލް  އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަންދީދީ ކަމަށް ކައުންސިލްގެ ބައްދަލުވުމުގައި  ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނު.

ބިޑް ކޮމިޓީ އަލަން އިންތިޚާބް ކުރުމާއި ބެހޭ

މިކަން ނިންމެވީ:          އަލަން އިންތިޚާބް  ކުރެވުނު  ކައުންސިލަރުންނަށް އައި ބަދަލާއި ގުޅިގެން، ތިރީގައި މި ދަންނަވާ ގޮތަށް އަތޮޅުކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީއަށް ބަދަލު ގެނައުމަށް ބައްދަލުވުމުގައި  ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނު.

1-   އަޙުމަދު ނަޛުމީން    އަތޮޅުކައުންސިލްގެ ނާއިބު ރައިސް

2-   ޙުސައިން އާދަމް     އަތޮޅުކައުންސިލަރ

3-   އަޙުމަދު ޙަސަންދީދީ  އެސިސްޓެންޓް ޑިރެކްޓަރ

4-   މުޙައްމަދު ފަތުހީ    އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

ކައުންސިލަރުން ބަލަހައްޓާނެ ދާއިރާތަކާއި،މަސައްކަތްތައް ކަނޑައެޅުން

މިކަން ނިންމެވީ:            މިކަމާއި ބެހޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށްފަހު، ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް ދެންއޮންނަ ބައްދަލުވުމަށް ހުށަހެޅުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

 ކައުންސިލްގެ03 ވަނަ ދައުރުގެ 01 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

މިކަން ނިންމެވީ:         ޔައުމިއްޔާއަށް ގެންނަންޖެހޭ އިސްލާހު ތަކެއް  ހުރުމާއިއެކު ދެންއޮންނަ  ބައްދަލުވުމަށް ޔަޢުމިއްޔާ  ފާސްކުރުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

 އަތޮޅުކައުންސިލް އިދާރާއަށް އެކިފަރާތްތަކުން ފައިސާ ހޯދުމަށް އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ފައިސާ ދިނުމަށް ފާސްކުރުން          

މިކަންނިންމެވީ:           އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ148343.81( އެއްލައްކަ ސާޅީސްއަށްހާސް ތިންސަތޭކަ ސާޅީސް ތިންރުފިޔާ/ އައްޑިހަ އެއްލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.