Jun 13th

3ވަނަ އަތޮޅުކައުންސިލް ތަޢާރަފްވުމުގެ ގޮތުން ކޮލަމާފުށްޓަށް ވަޑައިގެން ކޮލަމާފުށީ ކައުންސިލާއި ބައްދަލުކުރައްވައިފި

3ވަނަ އަތޮޅުކައުންސިލް އިންތިޚާބުވުމަށްފަހު އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށް ތަޢާރަފް ވުމަށްޓަކައި ރަށްރަށަށް ކުރަމުންދާ ދަތުރުގައި އަތޮޅުކައުންސިލްގެ ޓީމް މިއަދު ކޮލަމާފުށްޓަށް ވަޑައިގެންނެވި އެވެ. މި ދަތުރުގައި ކޮލަމާފުށީ ސެކްޓަރތަކުގެ އިސްވެރިންނާއި، ރަށުކައުންސިލާ ބައްދަލުކުރައްވާ މަޢުލޫމާތު ހިއްޞާ ކޮށް ކައުންސިލްގައި ހުރި ދަތިތައް އޮޅުންފިލުވާ މަޝްވަރާކުރެވިފައިވެ އެވެ.

 

މި ދަތުރުގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ނާއިބްރައީސް އަޙުމަދު ނަޒްމީން އަދި ކައުންސިލަރ ޙުސައިން އާދަމް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން އިދާރާގެ ލީގަލް އެސިސްޓެންޓް ޢަބުދުލްޙަމީދު ނާޟިރު، އަދި އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މުހަންމަދު ފަތުހީ ބައިވެރިވެ ލެއްވި އެވެ.