Jun 14th

3ވަނަ އަތޮޅުކައުންސިލް ތަޢާރަފްވުމުގެ ގޮތުން 4 ރަށަކަށް ވަޑައިގެން ވަޑައިގެން ރަށުކައުންސިލާއި ސެކްޓަރތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

 3ވަނަ އަތޮޅުކައުންސިލް އިންތިޚާބުވުމަށްފަހު އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށް ތަޢާރަފް ވުމަށްޓަކައި ރަށްރަށަށް ކުރަމުންދާ ދަތުރުގައި އަތޮޅުކައުންސިލްގެ ޓީމް މިއަދު  މި އަތޮޅުގެ 4 ރަށަކަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާއިރައްޔިތުންނަށް ޚިދްމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ސެކްޓަރތަކަށް ޒިޔާރަތްކުރައްވާ ސެކްޓަރ ތަކުގެ އިސްވެރިންނާއި ބައްދަލިކޮށް، ހުރި ދަތިތައް އޮޅުންފިލުވާ މަޢުލޫމާތު ހިއްސާކުރައްވާފައިވެ އެވެ. އަދި  މީގެ އިތުރުން އެ ރަށްރަށުގެ މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢު ތައް އަތޮޅުކައުންސިލްގެ ޓީމުން ބައްލަވައިލެއްވި އެވެ.  މި ޓީމުގެ ބޭފުޅުން މިއަދު  މިއަތޮޅު މާމެންދޫ، ނިލަންދޫ، ދާންދޫ، އަދި ދެއްވަދޫ އަށް ޒިޔާރަތް ކޮށްފައިވެ އެވެ.

 

މި ދަތުރުގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ނާއިބްރައީސް އަޙުމަދު ނަޒްމީން އަދި ކައުންސިލަރ ޙުސައިން އާދަމް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން އިދާރާގެ ލީގަލް އެސިސްޓެންޓް ޢަބުދުލްޙަމީދު ނާޞިރު، އަދި އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މުހަންމަދު ފަތުހީ ބައިވެރިވެ ލެއްވި އެވެ.