Jun 15th

ހުވަދުއަތޮޅުއުތުރުބުރީ 3ވަނަ އަތޮޅު ކައުންސިލްގެ 3ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ކައުންސިލްގެ ހިންގާ ޤަވާއިދު ފާސްކުރުން.

މިކަން ނިންމެވީ:       ކައުންސިލްގެ ހިންގާ ޤަވާއިދުގެ 50 ވަނަ މާއްދާގެ (ބ) ގައި މިދަންނަވާ ގޮތަށް އިސްލާހުކޮށް ދެއްވުމަށާއި،”ދާއިރާގެ ބޭނުމަށްޓަކައި ދާއިރާއަށް ޒިޔާރަތްކުރައްވާ އަދި ދާއިރާގެ ކަންކަމުގައި އުޅުއްވާނަމަ ފުރުއްވުމުގެ ކުރިން ރައިސް ނުވަތަ ނާއިބު ރައީސް ނުވަތަ ކައުންސިލް ހިންގުމާއި ޙަވާލުވެހުންނެވި ބޭފުޅަކަށް ފޯނުން ނުވަތަ އެސް.އެމް.އެސް އަކުން އަންގަންވާނެއެވެ.” މިގޮތަށް ބަދަލު ގެނައުމަށްފަހު ކައުންސިލުން ހުށަހެޅުއްވި ގޮތަށް ކައުންސިލްގެ ހިންގާ ޤަވާއިދު ފާސްކުރުމަށް ފެންނަ ކަމަށް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނު.

 2017 ވަނަ އަހަރުގެ މަސައްކަތު ތާވަލް އިސްލާހު ކުރުން

މިކަން ނިންމެވީ:         ނިމިގެން ދިޔަ ކައުންސިލުން ހަދާފައިވާ މަސައްކަތް ތާވަލަށް، އަލަން އިންތިޚާބުވި ކައުންސިލަރުންގެ މަޝްވަރާގެ މަތިން ބަދަލު ގެނައުމަށްފަހު ފާސްކުރުމަށް ފެންނަކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސްއިން  ފުޓްސަލް އަދި ބަށި މުބާރާތެއް ބޭއްވުމަށްޓަކާ އެހީއެއް ހޯދުމާއި ބެހޭ.

މިކަން ނިންމެވީ:          ޕްރޮގްރާމް  ބަޖެޓް ރިވައިޒްކޮށް، ކްލަބް  ޖަމްއިއްޔާ ތަކަށް އެހީދޭނެ   އުޞޫލުތައް  ކަނޑައަޅައި އެދިލައްވާފައިވާ އެހީ ދިނުމަށް ފެންނަ ކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އަތޮޅުކައުންސިލަރުން ބަލަހައްޓާ ދާއިރާތައް ކަނޑައެޅުމާއި ބެހޭ.

މިކަން ނިންމެވީ:            ކައުންސިލްގެ މަޝްވަރާގެ މަތިން  ކައުންސިލަރުންނާއި ގުޅޭ ދާއިރާތައް ކަނޑައެޅުމަށްފަހު، އެދާއިރާތައް ކައުންސިލަރުންނާއި ޙަވާލު ކުރުމަށް ފެނިވަޑައި ގަންނަވާ ކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ރައީސް އަޙުމަދު ފުޢާދު:

                    ޓްވަރިޒަމް

                    ފިޝަރީޒް އެންޑް އެގްރިކަލްޗަރ

                    އެހެނިހެން މަސައްކަތްތައް

 ނާއިބު ރައީސް އަޙުމަދު ނަޛުމީން:

                     ޔޫތު އެންޑް ސްޕޯޓްސް

                     ޓްރޭޑް

 ކައުންސިލަރ ޙުސައިން އާދަމް:

                     އެޑިޔުކޭޝަން

                     ހެލްތު އެންޑް ޖެންޑަރ

                     އެންވަޔަރަންމަންޓް

އަތޮޅުތެރޭ ފަރުތަކުގައި ބައްތި ޖެހުމާއިބެހޭ

މިކަން ނިންމެވީ:           ފަރުތަކުގައި ޖަހާފައިވާ ބައްތި ތަކުގެ ތެރެއިން ނުދިއްލޭ ބައްތި ތަކުގެ ތަފްޞީލާއި އަދި އިތުރަށް ބޭނުންވާ ބައްތި ތަކުގެ ތަފްޞީލް ހޯދުމަށްފަހު، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އޮތޯރިޓީއާއި، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަށާއި މިއަތޮޅުގެ ރިޒޯޓް ތަކަށް ސިޓީ ފޮނުއްވުމަށް  ފެންނަކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

ލެ އައިލެސް މޯލްޑިވްސްއިން ނެވިކަމުގެ ކޯސް ހިންގުމަށް ބޭނުންވާތީ ފޮނުއްވާފައިވާ ސިޓީއާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށް

މިކަން ނިންމެވީ:           ނެވިކަމުގެ  ކޯހުގައި  މިއިދާރާގެ ކަނޑު  އުޅަނދު  ފަހަރުގެ 2 މަވައްޒަފުން  ބައިވެރިކޮށް އެ 2 މަވައްޒަފުންގެ ފީ ފްރީކޮށް ދެއްވާ ގޮތަށް ހަމަޖެއްސުމަށާއި، އަދި އެކަމަށް ޒުވާނުންގެ މަރުކަޒުގެ ހޯލު ފީ ފްރީކޮށް ހަމަޖައްސައި ދެއްވުމަށް ފެންނަކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އަތޮޅުކައުންސިލުން  އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރާއި ބެހޭ

މިކަން ނިންމެވީ:            ދަތުރު ޝެޑިއުލަށް އެއްވެސް ބަދަލެއް ނުގަނެސް ދަތުރު ޝެޑިއުލް ފާސްކުރުމަށް ފެންނަކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

އަތޮޅުކައުންސިލް އިދާރާއަށް އެކިފަރާތްތަކުން ފައިސާ ހޯދުމަށް އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ފައިސާ ދިނުމަށް ފާސްކުރުން          

މިކަންނިންމެވީ:           އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ18680.00 ( އަށާރަހާސް ހަސަތޭކަ އައްޑިހަ ރުފިޔާ ) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.