Jun 15th

3ވަނަ އަތޮޅުކައުންސިލް ތަޢާރަފްވުމުގެ ގޮތުން 3 ރަށަކަށް ވަޑައިގެން ވަޑައިގެން ރަށުކައުންސިލާއި ސެކްޓަރތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

3ވަނަ އަތޮޅުކައުންސިލް އިންތިޚާބުވުމަށްފަހު އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށް ތަޢާރަފް ވުމަށްޓަކައި ރަށްރަށަށް ކުރަމުންދާ ދަތުރުގައި އަތޮޅުކައުންސިލްގެ ޓީމް މިއަދު  މި އަތޮޅު ކޮނޑޭ، ކަނޑުހުޅުދޫ އަދި ގެމަނަފުއްޓަށް ވަޑައިގެން،  އެ ރަށްރަށުގެ ކައުންސިލްތަކާއިރައްޔިތުންނަށް ޚިދްމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ސެކްޓަރތަކަށް ޒިޔާރަތްކުރައްވާ ސެކްޓަރ ތަކުގެ އިސްވެރިންނާއި ބައްދަލުކޮށް، ހުރި ދަތިތައް އޮޅުންފިލުވާ މަޢުލޫމާތު ހިއްސާކުރައްވާފައިވެ އެވެ. އަދި  މީގެ އިތުރުން އެ ރަށްރަށުގެ މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢު ތައް އަތޮޅުކައުންސިލްގެ ޓީމުން ބައްލަވައިލެއްވި އެވެ.

 

މި ދަތުރުގައި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ނާއިބްރައީސް އަޙުމަދު ނަޒްމީން އަދި ކައުންސިލަރ ޙުސައިން އާދަމް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން އިދާރާގެ ލީގަލް އެސިސްޓެންޓް ޢަބުދުލްޙަމީދު ނާޞިރު، އަދި އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މުހަންމަދު ފަތުހީ ބައިވެރިވެ ލެއްވި އެވެ.