Jun 20th

3ވަނަ އަތޮޅުކައުންސިލް ތަޢާރަފްވުމުގެ ގޮތުން ކޫއްޑޫ އަށް ވަޑައިގެން ކޫއްޑޫގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

3ވަނަ އަތޮޅުކައުންސިލް އިންތިޚާބުވުމަށްފަހު ތަޢާރަފް ވުމަށްޓަކައި ކުރަމުންދާ ދަތުރުގައި އަތޮޅުކައުންސިލްގެ ޓީމް މިއަދު ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއަށް ވަޑައިގެންނެވި އެވެ. މި ދަތުރުގައި ކޫއްޑޫގައި މަސައްކަތްކުރައްވާ އިސްމުވައްޒަފުންނާއެކު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ކޫއްޑޫގެ މަސައްކަތާއި ގުޅުންހުރި ކަންތައްތަކާއިބެހޭ ބެހޭ ގޮތުން މަޝްވަރާކޮށް މިވަގުތަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާ ކުރެވިފައިވެ އެވެ.

 

މި ބައްދަލުވުމުގައި ކޫއްޑޫގެ ރީޖަނަލް މެނޭޖަރ މަސްޢޫދު އަޙުމަދު، ކޫއްޑޫގެ އެކި ޑިޕާރޓްމަންޓްގެ ހެޑުން، އަދި އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ނާއިބްރައީސް އަޙުމަދު ނަޒްމީން  ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މީގެ އިތުރުން އިދާރާގެ ލީގަލް އެސިސްޓެންޓް ޢަބުދުލްޙަމީދު ނާސިރު، އަދި އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ މުހަންމަދު ފަތުހީ ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ޙަސަން ބައިވެރިވެ ލެއްވި އެވެ.