Aug 08th

ގއ. ނިލަންދޫ ކައުންސިލް ކަޕް ނިމުން ފާހަގަކުރުން

ގއ. ނިލަންދޫ ކައުންސިލް އިދާރާއިން ބޭއްވި މިއަހަރު ގެ ކައުންސިލް ކަޕް ” ފުޓްސެލް މުބާރާތުގެ ” ނިމުން ފާޙަގަކުރީ 4 އޮގަސްޓް 2017 ވީ ހުކުރު ދުވަހުއެވެ.

ކައުންސިލް ކަޕް ފުޓްސެލް މުބާރާތުގެ ޗެމްޕިއަންޓީމަށް ތައްޓާއި މެޑަލް ދެއްވީ މުބާރާތުގެ ފައިނަލް މެޗަށް ފަހު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީން އެވެ. މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ނާއިބްރައީސްގެ އިތުރަށް އަތޮޅު ކައުންސިލްގެ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ނަޞީރު އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. 9 ޓީމް ބައިވެރިވި މި މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި ދާންދޫ ކައުންސިލްގެ އިސްބޭފުޅުންނާއި މުބާރާތުގައި ބައިވެރިވި ޓީމުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.