Aug 10th

ވިލާ ކޮލެޖާއިއެކު އަތޮޅުކައުންސިލުން ބައްދަލުވުމެއް ބާއްވައިފި

ވިލާ ކޮލެޖްގެ ފަރާތުން ހިންގަވަމުންގެންދަވާ ކޯސްތައް މިއަތޮޅުގައި ހިންގުމާއިމެދު އަތޮޅުކައުންސިލާއި މަޝްވަރާކުރުމަށްޓަކައި އެކޮލެޖްގެ ފަރާތުން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން  މިއަދު އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފި . ވިލާ ކޮލެޖްގެ ފަރާތުން ވަޑައިގެންނެވި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ އެކޮލެޖުގެ ވައިސް ރެކްޓަރ ޑޮކްޓަރ މުޙައްމަދު އާދިލެވެ. އަތޮޅުކައުންސިލްގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި  އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދާއި ، ނާއިބްރައީސް އަލްފާޟިލް އަހްމަދު ނަޒްމީން އާއި ކައުންސިލަރ އަލްފާޟިލް ހުސައިން އާދަމްގެ އިތުރުން ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ނަސީރު އަލީ އާއި އ. ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ހަސަން ބައިވެރިވެ ވަޑައިގެންނެވި

މިބައްދަލުވުމުގައި މިއަތޮޅުގައި ވިލާކޮލެޖްގެ ޕޮރްގްރާމްތައް ހިންގުމުގައި ދެފަރާތުން ކުރެވިދާނެ ކަންތައްތަކާއިމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވޭ.