Aug 13th

އީޕީއޭ ގެ ވަފުދާއިއެކު އަތޮޅުކައުންސިލުން ބައްދަލުވުމެއް ބާއްވައިފި

މިއަތޮޅަށް އައި ކާގޯ ބޯޓެއް ކޫއްޑޫ ހުޅަނގުފަރާތުން ފަރަށް އުރިފައިވާތީ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މިއަތޮޅަށް ވަޑައިގެންނެވި ވަފުދުގެ  ބޭފުޅުން 12 އޮގަސްޓް 2017 ވީ ހޮނިހިރު ދުވަހު 13.00 ގައި އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި.

އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުގައި އީޕީއޭގެ ވަފުދުގެ އިތުރުން އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދާއި ، ކައުންސިލް މެމްބަރ އަލްފާޟިލް ޙުސައިން އާދަމާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަސަން އާއި އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އަލްފާޟިލް މުޙައްމަދު ފަތުހީ ބައިވެރިވެ ވަޑައިގެންނެވި.

މި ވަފުދުގެ ބޭފުޅުން ކައުންސިލާއި ބައްދަލުކޮށް މިއަތޮޅުގައި ހިމާޔަތްކުރަންޖެހޭކަމަށް ކައުންސިލަށް ފާހަގަ ކުރެވިފައިވާ ރަށްރަށުގެ މައުލޫމާތު އޮޅުންފިލުވާ މިފަދަ ރައްތައް ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމުގެ މުހިއްމުކަމާއިމެދު ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެ. އަދި މިއަތޮޅުގައި ހުރި އެފަދަރަށްތައް ބަލާލުމަށް އެ އެޖެންސީން ބޭނުންފުޅުވާކަމަށާއި އެކަމަށްޓަކައި ވަކި ދަތުރެއް ކުރައްވާނެކަމަށް ވަފުދުން ހާމަކޮށްފައިވޭ. އަދި މި ނޫނަސް އީއައިއޭ ރިޕޯޓްތަކާއި ގުޅިގެން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމަށްފަހު ދެން ކަންތައްތައް ވަމުންދާގޮތް ބެލޭނެ ހަރުދަނާގޮތްތަކެއް ހަމަޖެހިފައިނެތުމުގެ އިތުރުން ކައުންސިލަށް އެއްވެސް އެކަންކަމުގައި ނޯންނާތީ ލިބެމުންދާ ގެއްލުންތަކާއިމެދުވެސް މިބައްދަލުވުމުގައި ވާހަކަ ދެކެވިފައިވޭ