Aug 13th

ހުވަދުއަތޮޅުއުތުރުބުރީ 3ވަނަ އަތޮޅު ކައުންސިލްގެ 9ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 9 ވަނަ ބައްދަލުވުން  01 އޯގަސްޓް 2017 ގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

 150 ވަނަ ބައްދަލުވުމުން ނިންމަވާފައިވާ އޯކިޑް ލޯންޗަށް 2 އިންޖީނު ގަތުމަށް  ނިންމަވާފައިވާ ނިންމުން ރިވައިޒުކުރުން

 

މިކަން ނިންމެވީ:           ކައުންސިލްގެ 2 ވަނަ ދައުރުގެ 150 ވަނަ  ބައްދަލުވުމުން  ނިންމަވާފައިވާ  ނިންމުން ރިވައިޒްކޮށް، މިވަގުތު ބަޖެޓްގެ ހާލަތު ހުރިގޮތުން އޯކިޑް ލޯންޗުން ނަގާފައިވާ 2 އިންޖީނު މަރާމާތް ކުރުމަށާއި، އަދި އެކަމާއި ބެހޭ ގޮތުން އިންޖިނޭރަކާއި ވާހަކަ ދައްކާ މަޝްވަރާ ކުރުމަށް ފެންނަކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.

2017 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓް ރިވައިޒްކޮށް ފާސްކުރުމަށް

މިކަން ނިންމެވީ:         2017 ވަނަ އަހަރު އަތޮޅު ކައުންސިލްގެ ޕްރޮގްރާމް ބަޖެޓް ރިވައިޒްކޮށް -/644259 ( ހަލައްކަ ސާޅީސްހަތަރުހާސް ދުއިސައްތަ ފަންސާސް ނުވަރުފިޔާ ) ގެ ބަޖެޓް ފާސްކުރުމަށް ފެންނަކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި.