Oct 01st

ވިލާކޮލެޖުގެ ކޯސްތައް ގއ. ވިލިނގިލީގައި ފެށުން

ކައުންސިލްގެ މެމްބަރުން 19 އޮގަސްޓް 2017 އިން 30 އޮގަސްޓް 2017 އަށް މާލެއަށް ކުރެއްވި ދަތުރުފުޅުގައި ވިލާކޮލެޖުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާ ކޮލެޖުގެ ބައެއް ކޯސްތައް ގއ. އަތޮޅުގައި ހިންގޭނެގޮތް ހެދުމަށްޓަކައި އެ ކޮލެޖާއިއެކު 22 އޮގަސްޓް 2017 ގައި ސޮއިކުރެވުނު އެމްއޯޔޫ އާއި އެއްގޮތަށް ކޮލެޖުގެ ފުރަތަމަ ކޯހުގެ ކިޔެވުން 29 އޮގަސްޓް 2017 ދުވަހުގެ ރޭ ރަސްމީ ގޮތުން ގއ.އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލްގައި ފެށިފައި ވެއެވެ.

ވިލާ ކޮލެޖުގެ ކޯސްތައް ގއ. ވިލިނގިލީގައި ފެށިގެން ދިއުމަކީ ގއ. އަތޮޅުގެ އެކި ރަށްރަށުގައި މަތީ ތައުލީމް ހާޞިލް ކުރުމަށް ބޭނުންވާ ބޭފުޅުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެކެވެ.