Oct 04th

އަތޮޅުކައުންސިލުން ޚާއްޞަ ފެރީދަތުރުތަކެއް ފަށައިފި

ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮލެޖްތަކުން ކޯސްހަދަމުންދާ ދަރިވަރުންނަށް އަމާޒްކޮށް ކޮންމެ ހަފްތާއެއްގެ ބްރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ޚާއްޞަފެރީ ދަތުރުތަކެއް ކުރުމަށް ނިންމާ އެކަން އަމަލީގޮތުން 30 ސެޕްޓެމްބަރ 2017 ގައި ފަށައިފިއެވެ. އަތޮޅުކައުންސިލުން އެކްސްޕްރެސް ފެރީ ނިޒާމްގެ ނަމުގައި ފަށަންގަސްތުކޮށްފައިވާ ފެރީދަތުރުތައް ފެށުމުގެ ކުރިން ކޮލެޖުތަކުން ކިޔަވާ ދަރިވަރުން ވިލިނގިއްޔަށް ގެނައުމާއި އެނބުރި ރަށަށް ގެންދިއުމަށް ފެށި ޚާއްޞަ ފެރީ ދަތުރުތަކުގެ ސަބަބުން އަތޮޅުގެ ރަށްރަށުގައި މަތީތައުލީމް ހާޞިލްކުރަން ބޭނުންވާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

College ferry dhathuru