Oct 30th

ސްޓޭޓް ހައުސްގައި ކުރިން ބޭނުންކުރި ބައެއް ތަކެތި ނީލަން ކިއުން

މިއަތޮޅު ސްޓޭޓް ހައުސް ( ކުރީގެ އަތޮޅުގެ ) ގައި ބޭނުންކުރި ބާ ފަރުނީޗަރު ތަކާއި ބޭނުން ނުކުރެވޭ އެހެނިހެން ތަކެތި ނީލަން ކިއުން 27 އަދި 28 އޮކްޓޯބަރ 2017 ގައި ސްޓޭޓް ހައުސް ގޯތި ތެރޭގައި ބޭއްވިފައިވެއެވެ. ނީލަން ކިއުން ކުރިޔަށް ގެންދަވާފައިވަނީ އަތޮޅުކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހަސަން ދީދީ އާއި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ހަސަނެވެ. 2 ދުވަހުގެ މަތިން ކިއުނު ނީލަމުގައި ނީލަން ކިޔަން ނިންމެވި ހުރިހާ ތަކެއްޗެއް ނީލަމުގައި ވިކިފައިވެއެވެ.