Nov 03rd

އަތޮޅުކައުންސިލްގެ ރައީސް އިންނަވާ ކެބިން މަރާމާތުކުރަން ބަޔަކާއި ހަވާލުކޮށްފި

އަތޮޅުކައުންސިލްގެ އިމާރާތް މަރާމާތު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކައުންސިލް ރައީސް އިންނަވާ ކެބިން މަރާމާތުކުރުމުގެ މަސައްކަތް އެސް.އެޗް އިންވެސްޓްމެންޓާއި 01 ނޮވެމްބަރ 2017 ގައި ހަވާލުކޮށްފި. އަތޮޅުކައުންސިލް އާމްދަނީ ޚަރަދުކޮށްގެން ކުރަންހަމަޖެހިފައިވާ މަރާމާތުގެ މިމަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުން ފޯރުކޮށްދީގެން މިމަސައްކަތް ކުރުމަށް އެސް.އެޗް އިންވެސްޓްމެންޓާއި ހަވާލުކުރެވިފައިވަނީ 9950.00 ( ނުވަހާސް ނުވަސަތޭކަ ފަންސާސް ) ރުފިޔާއަށް 5 ދުވަހުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށެވެ.

މިކަމާއިބެހޭ އެގްރިމެންޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އަތޮޅުކައުންސިލް އިދާރާގައެވެ. ކައުންސިލްގެ ފަރާތުން މި އެގްރިމެންޓުގައި ސޮއި ކުރެއްވީ ކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް އަޙްމަދު ނަޒްމީން އެވެ. އެސް.އެޗް އިންވެސްޓްމެންޓުގެ ފަރާތުން ސޮއި ކުރެއްވީ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ޝަރީފް ހަސަން އެވެ.