Nov 03rd

އިސްލާމިކް ޔުނިވަރ ސިޓީގެ ޗާންސެލަރ އާއި އަތޮޅުކައުންސިލުން ބައްދަލުކުރައްވައިފި

އަތޮޅު ކައުންސިލުން މިއަހަރު ޑިސެމްބަރ މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ އުތުރު ހުވަދޫ އެވޯޑަށް ފަންޑް ހޯދުމަށާއި ސަރުކާރުގެ އެކި އިދާރާތަކުން ކައުންސިލް ހިންގުމަށާއި އަތޮޅުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް އަތޮޅުކައުންސިލުގެ ފަރާތުން މާލެ ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މިއަދު ( 1 ނޮވެމްބަރ 2017 ގައި ) އިސްލާމިކް ޔުނިވަރ ސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބައްދަލުކުރައްވައިފި. އިސްލާމިކް ޔުނިވަރ ސިޓީގައި ބޭއްވި މި ބައްދަލުވުމުގައި ޔުނިވަރސިޓީގެ ކޯސްތައް މިއަތޮޅުގައި ފުޅާ ދާއިރާއެއްގައި ހިންގޭނެގޮތް ހަމަޖެއްސުމަށްޓަކައި ކުރެވެންހުރި މަސައްކަތްތަކާއި ބެހޭގޮތުން ވަފުދުގެ ބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ. އަތޮޅުކައުންސިލުގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ކައުންސިލް ރައީސް އަލްފާޟިލް އަޙްމަދު ފުއާދުގެ އިތުރުން ކައުންސިލަރ އަލްފާޟިލް ޙުސައިން އާދަމާއި ، ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު އަލީ އެވެ.