Nov 03rd

ރަށުކައުންސިލް ތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއްޖެ

އަތޮޅުކައުންސިލްގެ ފަރާތުން ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަދު ފެށިއްޖެ އެވެ. މޮނިޓަރ ކުރުމުގެ މަސައްކަތް ފެށީ މިއަތޮޅު ދެއްވަދޫއިންނެވެ.

 

މޮނިޓަރިންގ ފެށުމުގެ ކުރިން މިއަދު 14:15 ގައި ދެއްވަދޫ ކައުންސިލް މެމްބަރުންނާއި، ބައްދަލުކުރައްވައި މޮނިޓަރިންގ ދަތުރާބެހޭ މަޢުލޫމާތާއި އެންމެފަހުން ބޭއްވުނު ކައުންސިލްތަކުގެ މަހާސިންތާ ގައި ނިންމިކަންތައްތަކުގެ މަޢުލޫމާތު ހިއްސާ ކުރެވުނެވެ.

 

މި ދަތުރުގައި އަތޮޅުކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ނައިބް ރައީސް އަޙުމަދު ނަޒްމީން ، އެސިސްޓެންޓް ޑިރެކްޓަރ މުޙަންމަދު ޙަސަން، ލީގަލް އެސިސްޓެންޓް ޢަބުދުލްޙަމީދު ނާޞިރު، އ.ރިސާރޗް އޮފިސަރ ޢަލީ އިބްރާހީމް އެވެ.