Nov 15th

ކޯސްޓަލް ނެވިގޭޝަން ކޯސް ލެވެލް 2 ފެށިއްޖެ

ގއ. އަތޮޅުގެ މަސްވެރިންނާއި ޒުވާނުންނަށް އަމާޒްކޮށްގެން ކޯސްޓަލް ނެވިގޭޝަން ކޯސް ލެވެލް 2  09 ނޮވެމްބަރ 2017 ގައި ފެށިއްޖެ. ގއ. އަތޮޅު ކައުންސިލާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް މެރިޓައިމް ސައިންސް ގުޅިގެން ހިންގޭ މިކޯހުގައި 30 ބޭފުޅުން ބައިވެރިވެ ލައްވާފައިވޭ. މިކޯސް ފެށުމުގެ ގޮތުން އަތޮޅުކައުންސިލްގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގއ. އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް ނަޒްމީން މުޙައްމަދު. މިރަސްމިއްޔާތުގައި ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް މުސްޠަފާ މުޙައްމަދާއި، ބައެއް ކައުންސިލަރުންނާއި އަތޮޅު ކައުންސިލްގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި. މިކޯހަކީ ކޯހުގައި ބައިވެރިވާ ކޮންމެ ބޭފުޅެއްގެ އަތުން 1500.00 ރުފިޔާގެ ފީއެއް ނަގައިގެން 3 ދުވަހުގެ މުއްދަތަށް ހިންގޭ ކޯހެއް.

 

ގއ. އަތޮޅުގެ މަސްވެރިންނާއި ޒުވާނުންނަށް އަމާޒްކޮށްގެން މިއަހަރުގެ ތެރޭގައި އަތޮޅުކައުންސިލާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގުޅިގެން ކޯސްޓަލް ނެވިގޭޝަން ލެވެލް 1 ގެ ކޯހެއް ހިންގާ 60 ބޭފުޅުން އެކޯހުން ސެޓްފިކެޓް ހާޞިލް ކޮށްފައިވޭ . މިއަދު ފެށުނު މިކޯހުގައި ކިޔަވައި ދެއްވަނީ ކެޕްޓަން މުޙައްމަދު ޝިހާން .