Nov 28th

ގއ. ކޮލަމާފުށި ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ނިމިއްޖެ

މިއަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް މޮނިޓަރ ކުރުމަށް މިކައުންސިލުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ގއ. ކޮލަމާފުށި ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް 26 ނޮވެމްބަރ 2017 ގައި ފަށާ 27 ނޮވެމްބަރ 2017 ގައި އެމަސައްކަތް ނިމިއްޖެ. މޮނިޓަރ ކުރުމަށް ކުރެވުނު މިދަތުރުގައި އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދާއި ، ކައުންސިލަރ ޙުސައިން އާދަމާއި ، އެސިސްޓެންޓް ޑިރެކްޓަރުން ކަމަށްވާ އަޙްމަދު ހަސަން ދީދީ އާއި މުޙައްމަދު ހަސަނާއި ، އެސިސްޓެންޓް ލީގަލް އޮފިސަރ އަލްފާޟިލް އަބްދުލް ޙަމީދު ނާޞިރާއި ، އެސިސްޓެން ކޮމްޕިއުޓަރ ޓެކްނީޝަން އަލްފާޟިލް ހަސަން ހަނީފް ބައިވެރިވެ ލެއްވި.

މޮނިޓަރިން މިދަތުރުގައި މަސައްކަތް ފެށުމުގެ ކުރިން ކޮލަމާފުށީ ކައުންސިލްގެ އިސްބޭފުޅުންނާއި ބައްދަލުކޮށް މޮނިޓަރިން އާއި ބެހޭ މައުލޫމާތު ދެވިފައިވޭ. މޮނިޓަރިންގެ މިމަސައްކަތުގައި ކޮލަމާފުށީ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކަމާއިބެހޭ މުވައްޒަފުންނަށް މައުލޫމާތު ފޯރުކޮށްދީ ނެޓްވޯކް ބޭނުންކުރުމުގައި ދިމާވެފައިވާ ދަތިތައްވެސް ހައްލުކޮށްދެވިފައިވޭ