Nov 28th

އިންޑިއަން އެމްބަރސެޑަރ ގއ. އަތޮޅަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ

އަތޮޅު ކައުންސިލްގެ ފަރާތުން މިއަހަރުގެ އޮގަސްޓް މަހުގެ 19 އިން 31 އަށް މާލެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިޔާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ ހިޒްއެކްސެލެންސީ އަކްލޭޝް މިޝްރާ އާއި ބައްދަލުކުރައްވާ ގއ. އަތޮޅަށް ވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވާ އެމަނިކުފާނު މިއަތޮޅަށް 3 ދުވަހުގެ ދަތުރުފުޅެއްގައި 1 ޑިސެމްބަރ 2017 ގައި މިއަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ.

އެމްބަސެޑަރ ގެ މިދަތުރުފުޅުގައި މިއަތޮޅު ވިލިނގިލި ، ނިލަންދޫ އަދި ގެމަނަފުށްޓަށް ވަޑައިގަންނަވާ އެރަށްރަށް ބައްލަވާ ލެއްވުމުގެ އިތުރުން އެރަށްރަށުގެ ކައުންސިލް ތަކާއި އަދި އަތޮޅުކައުންސިލާއި ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފަ.