Dec 03rd

މެރިޓައިމް އެކަޑަމީން ހިންގި ކޯސްތަކުގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

ގއ. ގެމަނަފުށީގެ މަސްވެރިންނާއި ، ޒުވާނުންނަށް އަމާޒްކޮށް ގެމަނަފުށީގައި މޯލްޑިވްސް މެރިޓައިމް އެކަޑަމީއާއި ، އަދި މެރިޓައިމް އެކެޑަމީގެ ބިޒްނަސް ސްކޫލުން ހިންގި އިނގިރޭސި ކޯހާއި ނެވިގޭޝަން ކޯސް ލެވެލް 1 އަދި ލެވެލް 2 ގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުން 1 ޑިސެމްބަރ 2017 ގައި ގެމަނަފުށީ ސްކޫލްގައި ބާއްވައިފި.  މި ރަސްމިއްޔާތު ޝަރަފްވެރި ކޮށް ދެއްވީ މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ހެޑްއޮފް ބިޒްނަސް އަލްފާޟިލް ޝުއައިބް ރަޝީދެވެ.  މި ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ފަރާތުން އަތޮޅުކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަހްމަދު ނަޒްމީން އާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ހަސަން އާއި  އެސިސްޓެންޓް ލީގަލް އޮފިސަރ އަލްފާޟިލް އަބްދުލް ޙަމީދު ނާޞިރު ބައިވެރިވެ ވަޑައިގެންނެވި.

މޯލްޑިވްސް މެރިޓައިމް އެކަޑަމީން ގެމަނަފުށީގައި ހިންގެވި މި ކޯސްތަކުގެ ތެރެއިން ނެވިގޭޝަން ކޯސް ލެވެލް 1 އަދި ލެވެލް 2 ހިންގާފައިވަނީ އަތޮޅުކައުންސިލްގެ އެހީތެރިކަމާއިއެކުގައި. ނެވިގޭޝަން ކޯސް ޖުމްލަ 79 ބޭފުޅަކު ފުރިހަމަކޮށްފައިވޭ