Dec 03rd

ގއ. ވިލިނގިލީ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ ގެ މުވައްޒަފުން އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި

ގއ. ވިލިނގިލީ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރއާއި އަލަށް ހަވާލުވެ ވަޑައިގެންނެވި ބޭފުޅުން އަތޮޅުކައުންސިލް އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެ ސެންޓަރުގެ މަސައްކަތްތައް ހިންގުމުގައި ހުރި ދަތިތަކާއި، ކުރިޔަށް ކުރަން ރޭވިފައިވާ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކުރެވިފައިވެ އެވެ.

 ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ އަޙުމަދު ޙުސައިން، އެސިސްޓެންޓް ސޯޝަލް ސަރވިސް އޮފިސަރ އާމިނަތު ޖަމީލް އެވެ. އަތޮޅުކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ކައުންސިލަރ ޙުސައިންއާދަމް، ޑިރެކްޓަރ މުޙަންމަދު ނަޞީރު ޢަލީ، އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަންދީދީ ބައިވެރިވެ ލެއްވި އެވެ.