Mar 08th

އަތޮޅުގެ އެތެރެވަރީގެ ފަރުތަކުގައި ބައްތިޖެހުން

މިއަތޮޅު އެތެރެވަރީގެ ފަރުތަކުގައި ޖަހާފައިވާ ބައްތިތަކުގެ ތެރެއިން ގިނަ ބައްތިތަކެއް  ނުދިއްލޭތީ އެކަމުގެ ޝަކުވާތައް ލިބެމުންދިއުމާއިއެކު އެކަންކަން ހައްލުކުރުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން މިއިދާރާއިން ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން 2016 ވަނަ އަހަރުގެ ތެރޭ އެތެރެވަރީގެ ފަރުތަކުގެ ތެރެއިން 9 ފަރެއްގައި ބައްތި ޖެހިފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ފެށި 2 ވަނަ ފިޔަވަހީގެ ދަށުން މިއަތޮޅު މައްތިދޫ ، އަލިގަލާ ، މާދޮރަގައްލާ ، މުތަގައްލާ ، ހިތާދޫ ގަލާ ، ރަތަގަލާ ފަރުގައި ބައްތި ޖެހުމުގެ މަސައްކަތް 6 މާރޗް 2018 ގައިވަނީ ކުރެވިފައެވެ.

 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ އެހީތެރިކަމާއިއެކު މިއިދާރާއިން މިއަހަރު ހިންގި މިޕޮރްގްރާމުގެ އިތުރުން އަތޮޅުގެ ފަރުތަކުގެ ތެރެއިން ބައްތި ދަނޑި ހަލާކުވެފައިވާ ފަރުތަކުގައި ހުރި ބައްތި ދަނޑިތައް މަރާމާތުކުރެވޭނެގޮތެއް ހަމަޖެހޭތޯ ކަމާއިބެހޭ ފަރާތްތަކާއިއެކު މިއިދާރާއިން މިދަނީ މަސައްކަތްކުރަމުންނެވެ.