Mar 15th

އަތޮޅުކައުންސިލްގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި

ލޯކަލްގަވަރމެންޓް އޮތޯރިޓީގެ ހުއްދަނެތި ބޭރުގެ އެމްބަރސެޑަރަކާއި އަތޮޅުކައުންސިލުން ބައްދަލުކޮށްފަވާތީ 13 ޑިސެމްބަރ 2017 ގައި 3 މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރި މިއަތޮޅު އަތޮޅުކައުންސިލްގައި ހިމެނިވަޑައިގަންނަވާ 3 މެމްބަރުން ސަންޕެންޝަންގެ މުއްދަތު 13 މާރޗް 2018 އަށް ހަމަވުމާއި ގުޅިގެން 14 މާރޗް 2018 ގައި އެބޭފުޅުންގެ ރަސްމީ މަސައްކަތަށް ނުކުންނަވާ 3 ވަނަ އަތޮޅުކައުންސިލްގެ 29 ވަނަ އާންމު ބައްދަލުވުން މިއަދު 10.30 ގައި ބާއްވައިފި

 

މި ބައްދަލުވުމުގައި މިއަހަރަށް ފާސްކުރަންޖެހޭ އަތޮޅުކައުންސިލްގެ 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން އޮތެވެ. މި ބައްދަލުވުމަށް ކައުންސިލްގެ ހުރިހާ މެމްބަރުން ވަޑައިގަންނަވާފައި ވެއެވެ.