Apr 12th

ގއ. އަތޮޅު ތައުލީމީމަރުކަޒުގެ ސީނިއަރ މެނޭޖްމެންޓުން އަތޮޅުކައުންސިލާއި އެކު ބައްދަލުވުމެއް ބާއްވައިފި

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަގާމަށް ގއ. ވިލިނގިލީ އަންނާރުމާއާގޭ އަލްފާޟިލް ތަމްހީދު ހަމަޖެއްސެވުމާއި ގުޅިގެން އަތޮޅު ކައުންސިލަށް ތައާރަފްވެ ލެއްވުމަށާއި އަތޮޅު ތައުލީމީ މަރުކަޒުގަ މިވަގުތަށް ދިމާވެފައިވާ ދަތިތަކާއި އަދި ރޭވިފައިވާ ބައެއް މުހިއްމު މަސައްކަތްތަކުގައި އެހީތެރިކަން ހޯދުމަށް މައުލޫމާތު ހިއްސާ ކުރުމަށްޓަކައި 11 އެޕްރީލް 2018 ގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުން ގއ އަތޮޅު ކައުންސިލާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދުގެ އިތުރުން އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ޝިމްލާ އަލީ އާއި ، އެޑްމިނިސްޓްރޭޓަރ އަލްފާޟިލް  މުޙައްމަދު ސައީދާއި ، ލީޑިންގ ޓީޗަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަތޮޅު ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު ފުއާދުގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަސަނާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހަސަން ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވިއްސާރަ މޫސުމުގައި ތައުލީމީ މަރުކަޒުގެ ގޯތިތެރޭގައި އާންމުކޮށް ފެންބޮޑުވެ އެކަމުގެ އުދަނގޫތައް މެދުވެރިވާތީ އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއިބެހޭގޮތުން ފުޅާދާއިރާ އެއްގައި މަޝްވަރާކުރެވިފައިވެއެވެ.