Apr 19th

ގއ. ވިލިނގިލީ ނެލަމް ގޭގެ ސުނާމީ ގޭގެ އިމާރާތަށް ބައެއް އިތުރުކުރުމަށް ހަމަޖައްސާ ކަމާއިބެހޭ އެއްބަސްވުމުގައި ސޮއި ކުރުން

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ އާއި ގުޅިގެން ސަރުކާރުން އަލަށް އިމާރާތް ކުރައްވަން ހަމަޖެއްސެވި ގއ. ވިލިނގިލީ ނެލަމް ގޭގައި އިމާރާތް ކުރަންޖެހޭ ގެ އިމާރާތް ކުރަން ބެލިއިރު އެކަށީގެންވާ ޖާގަ ނެތުމާއިއެކު އިމާރާތުން ބައެއް އުނިކޮށް ގެ އިމާރާތް ކުރެވިފައިވާތީ އެ އިމާރާތަށް އިތުރުކުރަންޖެހޭ ބައި އިތުރު ކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އިން ނިންމަވާ އިތުރުކުރަންޖެހޭ ބައި އިތުރުކުރުމަށްޓަކައި ހޯމް އެކްސެލެންސް އިންވެސްޓްމެންޓާއި ގއ. އަތޮޅު ކައުންސިލާއި ދެމެދު 17 އެޕްރީލް 2018 ގައި ކަމާއިބެހޭ އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.

 

ހައުސިންގ މިނިސްޓްރީގެ ފަރާތުން ހުރިހާ ޚަރަދެއް ދެއްވާގޮތަށް ކުރިޔަށް ގެންދަވާ މި މަސައްކަތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ގއ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު ފުއާދެވެ. ހޯމް އެކްސެލެންސް އިންވެސްޓްމެންޓުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ނަޒީރު އަޙްމަދެވެ.