Apr 19th

ގއ. އަތޮޅުކައުންސިލްގެ ފަރާތުން ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ބައްދަލުކުރުން

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ތައުލީމީ މަރުކަޒުން ކުރައްވަން ނިންމަވާފައިވާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އަތޮޅުކައުންސިލުން ހޯދަން ހުށަހަޅާފައިވާ ތަކެތީގެ އެހީ ވެދެއްވަން 17 އެޕްރީލް 2018 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 33 ވަނަ އާންމު ބައްދަލުވުމުން ނިންމަވާފައިވާތީ އެކަމާއި ބެހޭ މައުލޫމާތު ތައުލީމީ މަރުކަޒާއި ހިއްސާކުރުމަށާއި އަދި ވޭތުވެދިޔަ އަހަރު ބާއްވަން ހަމަޖެއްސެވި ތައުލީމީދާއިރާގެ އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދެއްވާފައިވާތީ މިއަހަރުގެ ތެރޭގައި އެ ބައްދަލުވުން ކުރިޔަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ ފަރާތުން 17 އެޕްރީލް 2018 ވީ އަންގާރަ ދުވަހު ތައުލީމީ މަރުކަޒުގެ އިސްބޭފުޅުންނާއިއެކު ތައުލީމީ މަރުކަޒުގައި ބައްދަލުވުމެއް ބާއްވައިފި.

މިބައްދަލުވުމުގައި އިސްވެ ދެންނެވުނު ކަންތައްތަކުގެ އިތުރުން ދަރިވަރުންގެ އަޚްލާގް ރަގަޅުކުރުމަށްޓަކައި ތައުލީމީ މަރުކަޒުން ރާވާފައިވާ ބައެއް ކަންތައްތަކުގެ މައުލޫމާތު ތައުލީމީ މަރުކަޒުން ހިއްސާކުރައްވާފައިވެއެވެ. މިބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަހްމަދު ފުއާދުގެ އިތުރުން ނާއިބްރައީސް އަލްފާޟިލް އަހްމަދު ނަޒްމީން އާއި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ހަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތައުލީމީ މަރުކަޒުގެ ފަރާތުން ޕްރިންސިޕަލް އަލްފާޟިލް ތަމްހީދު އާއި އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ޝިމްލާ އަލީގެ އިތުރުން ބައެއް ލީޑީންގ ޓީޗަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.