May 27th

އަތޮޅުކައުންސިލާއި ސްޓޭޓް ހައުސްގެ އޭސީ މަރާމާތުކޮށް ބެލެހެއްޓުން ބަޔަކާއި ހަވާލުކޮށްފި

އަތޮޅުކައުންސިލާއި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސްޓޭޓްހައުސްގެ އެއަރކޮންޑިޝަންތައް މަޜާމާތުކޮށް ބެލެހެއްޓުން މުއްކު ޓްރޭޑިންގ އާއި ހަވާލުކޮށް ކަމާއިބެހޭ އެއްބަސްވުމުގައި މިއަދު ( 27 މެއި 2018 ) ގައި ސޮއި ކުރެވިއްޖެ. އަތޮޅު ކައުންސިލާއި ، މުއްކު ޓްރޭޑިންގ އާއި ދެމެދު ސޮއި ކުރެވުނު މިއެއްބަސްވުމުގެ ދަށުން މުއްކު ޓްރޭޑިންގ ގެ ފަރާތުން އަތޮޅު ކައުންސިލާއި ސްޓޭޓްހައުސްގެ އެއަރކޮންޑިޝަންތައް މިއަދުން ފެށިގެން މީލާދީން 1 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓާނެއެވެ.

 

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދެވެ. މުއްކު ޓްރޭޑިންގ ފަރާތުން ސޮއި ކުރެއްވީ އަޚްތާރު ޙަސަން އެވެ.