May 27th

އައުޓްސޯސްކޮށް ޕެޓްރޯލްގެ ޚިދްމަތް ހޯދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަތޮޅުކައުންސިލްގެ އުޅަނދު ތަކަށް ބޭނުންވާ ޕެޓްރޯލްގެ ޚިދްމަތް ޒަލްދާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހޯދުމާއި ބެހޭ އެއްބަސްވުމުގައި މިއަދު ސޮއި ކުރެވިއްޖެއެވެ. މިއަދުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ޚިދްމަތް ހޯދުމަށް ޒަލްދާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ގއ. އަތޮޅު ކައުންސިލާއި ދެމެދު ސޮއި ކުރެވުނު މި އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދެވެ. ޒަލްދާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ހެޑްކޭޝިއަރ އަލްފާޟިލް ހަސަން ހަމްދާން އަޙްމަދެވެ.