Jul 18th

ހޯމް މިނިސްޓްރީގެ ފަރާތުން 2 މަސައްކަތު ބައްދަލުވުން ބާއްވަން ހަމަޖެއްސެވުން

20 ޖުލައި 2018 އިން 21 ޖުލައި 2018 ގެ ނިޔަލަށް 2 މަސައްކަތު ބައްދަލުވުން ގއ. ވިލިނގިލީގައި ބޭއްވުމަށް ހޯމް މިނިސްޓްރީން ހަމަޖައްސަވައިފި. މިގޮތުން 20 ޖުލައި 2018 ގައި ” ޖުމްހޫރިއްޔަތާއި ޒުވާނުން ” މިނަމުގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ޒުވާނުންނަށް އަމާޒްކޮށް މަސައްކަތު ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާއިރު 21 ޖުލައި 2018 ގައި ޒިންމާދާރު މީޑިޔާ މި ނަމުގައި ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޓްރެއިނިންގ ހޯލްގައި މަސައްކަތު ބައްދަލުވުމެއް ބާއްވަން ވަނީ ހަމެޖިފަ.

މި ދެ މަސައްކަތު ބައްދަލުވުމުގެ ފޮޓޯތައް ނެގުން ތިއްތި ފޮޓޯ އާއި 17 ޖުލައި 2018 ގައި ހަވާލުކުރެވިފައިވެއެވެ. އަދި ޖުމްހޫރިއްޔަތާއި ޒުވާނުން މިނަމުގައި ބާއްވާ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ ކެއުމާއި ސައިގެ ކަންތައްތައް އިންތިޒާމް ކުރުމަށް ތެލިއޯސް ކެފޭ އާއި އެކު ކަމާއިބެހޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީވެސް 17 ޖުލައި 2018 ގައެވެ. މި ދެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ދާންދޫ ދާއިރާގެ އަތޮޅު ކައުންސިލަރ އަލްފާޟިލް ޙުސައިން އާދަމެވެ. ތިއްތި ފޮޓޯ އާއިއެކު ވެވުނު އެއްބަސްވުމުގައި ތިއްތި ފޮޓޯގެ ފަރާތުން ސޮއި ކުރެއްވީ އަލްފާޟިލް ތަމްހީން ހަސަން އެވެ. ތެލިއޯސް ކެފޭ އާއިއެކު ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ މުޙައްމަދު އަގްޞަދެވެ.

ޒިންމާދާރު މީޑިޔާގެ ނަމުގައި ބާއްވާ މަސައްކަތު ބައްދަލުވުން އަމާޒްކޮށްފައިވަނީ ޒުވާނުންގެ އިތުރަށް ވިލިނގިލީގައި ގާއިމްކޮށްފައިވާ ސެކްޓަރތަކުގެ މުވައްޒަފުންނަށެވެ.