Jul 18th

ހޯމް މިނިސްޓްރީގެ ޓީމެއް އަތޮޅު ކައުންސިލާއި ބައްދަލުކުރުން

20 ޖުލައި 2018 އިން 21 ޖުލައި 2018 ގެ ނިޔަލަށް ” ޖުމްހޫރިއްޔަތާއި ޒުވާނުން ” އަދި ޒިންމާދާރު މީޑިޔާ ” މިނަމުގައި ބާއްވަން ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމައެފެއަރޒްގެ ޓީމެއް 18 ޖުލައި 2018 ވީ ބުދަދުވަހުގެ 10.00 ގައި  އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި. އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މިބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ އެމިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އާދަމެވެ. އަތޮޅު ކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު އަލީ އާއި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ހަސަން އާއި ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޙަސަން ދީދީ އާއި ، ލީގަލްއޮފިސަރ އަލްފާޟިލް އަބްދުލް ޙަމީދު ނާޞިރެވެ.

 

އަތޮޅު ތައުލީމީ މަރުކަޒާއި އަދި އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލްގައި ކުރިޔަށްގެންދާގޮތަށް ރޭވިފައިވާ މި ދެ މަސައްކަތު ބައްދަލުވުމަށް ކުރެވެމުންދާ އިންތިޒާމްތަކާއިބެހޭ މައުލޫމާތު ހޯމް މިނިސްޓްރީގެ ޓީމުގެ ފަރާތުން އަތޮޅުކައުންސިލާއި ހިއްސާކުރައްވާ މިހާތަނަށްވެސް އަތޮޅު ކައުންސިލްގެ ފަރާތުން ހޯމް މިނިސްޓްރީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވާފައިވޭ.