Aug 02nd

ރަށްރަށުގެ ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއްޖެ

         2018 ވަނަ އަހަރަށް ރަށްރަށުގެ ކައުންސިލްތައް  މޮނިޓަރ ކުރުމުގެ މަސައްކަތް 01 އޮގަސްޓް 2018 ގައި ފެށިއްޖެ. މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މޮނިޓަރ ކުރަން ފެށިފައިވަނީ ކަނޑުހުޅުދޫ ކައުންސިލެވެ. މޮނިޓަރިން ޓީމް ކަނޑުހުޅުދޫ އަށް ޒިޔާރަތްކުރީ 01 އޮގަސްޓް 2018 ވަނަ ދުވަހުގެ 11.30 ގައެވެ. މޮނިޓަރ މަސައްކަތާއި ގުޅޭގޮތުން ކަނޑުހުޅުދޫ ކައުންސިލާއިއެކު ބައްދަލުވުމެއް ބާއްވާ ޓީމުގެ މަސައްކަތާއިބެހޭ މައުލޫމާތު ހިއްސާކުރެވިފައި ވެއެވެ. މި ބައްދަލުވުމުގައި ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލް އިދާރާގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

           މޮނިޓަރިންގެ ޓީމުގައި ކައުންސިލްގެ ޑިރެކްޓަރ އަލްފާޟިލް މުހައްމަދު ނަޞީރު އަލީ ގެ އިތުރުން ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަސަން އާއި އ. ރިސާޗް އޮފިސަރ އަލްފާޟިލް އަލީ އިބްރާހީމްގެ އިތުރުން ކައުންސިލްގެ އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ހަސަން ހަނީފް ހިމެނިވަޑައިގަންނަވައެވެ. މޮނިޓަރިންގ ޓީމްގެ މިދަތުރުގައި ކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީން ބައިވެރިވެ ވަޑައިގަންނަވައެވެ.