Nov 06th

ގއ. އަތޮޅުގެ އާ ޑިވިޜަން ކޮމާންޑަރާއިއެކު ބައްދަލުވުމެއް ބާއްވައިފި

ގއ. އަތޮޅުގައި މިހާރު މަސައްކަތްކުރައްވާ ޑިވިޝަން ކޮމާންޑަރގެ ޓާމް ހަމަވުމާއި ގުޅިގެން އަލަށް ވަޑައިގެންނެވި ޑިވިޝަން ކޮމާންޑަރާއިއެކު 5 ނޮވެމްބަރ 2018 ވަނަ ދުވަހުގެ ރޭ 8.30 ގައި އަތޮޅުކައުންސިލްގައި ބައްދަލުވުމެއް ބާއްވައިފި.

 

            އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ބައްދަލުވުމުގައި އާ ޑިވިޜަން ކޮމާންޑަރާއި ކުރިން ހުންނެވި ޑިވިޜަން ކޮމާންޑަރުގެ އިތުރުން އަތޮޅު ކޮމާންޑަރ ބައިވެރިވެ ވަޑައިގެންނެވި. އަތޮޅުކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ފުއާދާއި ، ނާއިބްރައީސް އަލްފާޟިލް އަޙްމަދު ނަޒްމީންގެ އިތުރުން ޒިންމާދާރުވެރިޔާ އަދި ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު އަލީ އާއި އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ހަސަން ބައިވެރިވެ ވަޑައިގެންނެވި

 

            މި ބައްދަލުވުމުގައި 2019 ވަނަ އަހަރަށް ޕޮލިސް ސްޓޭޝަނާއި ، އަތޮޅުކައުންސިލް ގުޅިގެން ހިންގި ދާނެ ޕޮރްގްރާމްތަކާއި ކަންކަން ހައްލުކުރުމުގައި ހުރި ދަތިތަކާއި ، ކުށްކުރުމުގެ ކުރިން ކުށުން ސަލާމަތްކުރުމަށް ކުރެވެންހުރި ކަންތައްތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވޭ . އަދި ވިލިނގިލީގައި ސެކިއުރިޓީ ކެމެރޭ ސިސްޓަމެއް ގާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި މެދު މަޝްވަރާކޮށް މިކަން އަވަސްކުރުމަށް ވާހަކަދެކެވިފައިވޭ