Feb 03rd

އަތޮޅުކައުންސިލްގެ ފަރާތުން ފިޝަރީޒް މިނިސްޓަރ އާއި މިއަދު ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދާއި މިއަދު ބައްދަލުކުރައްވައިފި.

 

މި ބައްދަލުވުމުގައި އެންވެރިކަން ކުރާ ފަރުތައް ހިމެނޭ ފަޅުރަށްތައް ރިސޯރޓް ހަދަން ދޫކުރުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެވުނު. އަދި ކަނދުފަތި ތަކުގެ މައްސަލާއާއި، ފަޅުރަށްރަށުގެ މައްސަލަތަކާ ގުޅިގެން މަޝްވަރާކުރެވުނު.