Feb 04th

އަތޮޅުކައުންސިލްގެ ފަރާތުން އެފް އޭ އެމް އާއި ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން 03 ފެބްރުއަރީ 2019 ވަނަ ދުވަހު އެފް އޭ އެމްއާއެކު ބައްދަލުވުމެއް ބޭއްވުނު.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ މިނިވަން ޗެމްޕިއަންޝިޕް އާއި ކައުންސިލްއިން ބާއްވަން ނިންމާފައިވާ އަތޮޅު ފުޓްބޯޅަ މުބާރާތް އެއްކޮށްލައިގެން މިއަހަރުގެ ތެރޭގައި ބޭއްވުމާއި ބެހޭ ގޮތުން. މި ބައްދަލުވުން އިންތިޒާމް ކުރެއްވީ ޔޫތު މިނިސްޓްރީގެ ފަރާތުން . އެފް އޭ އެމްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އަދުލީ އާއި ރިޔާޒު. ޔޫތު މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ މުޙަންމަދު އަނީސް ބައިވެރިވެ ވަޑައިގެންނެވި . އަތޮޅުކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ކައުންސިލަރ ޙުސައިން އާދަމް ، އެސިސްޓެންޓް ޑިރެކްޓަރ މުހަންމަދު ޙަސަން

.