Feb 04th

އަތޮޅުކައުންސިލްގެ ފަރާތުން މޯލްޑިވްސް ގޭސް ގެ އެމް.ޑީ އާއި ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން 03 ފެބްރުއަރީ 2019 ގައި މޯލްޑިވްސް ގޭސް ގެ އެމް ޑީ ޝަޒައިލު ޝިޔާމާއި ބައްދަލުކުރެއްވި.

 

މި ބައްދަލުވުމުގައި ތިނަދޫގަ އަޅާ 1500 ޓަނުގެ ގޭސް ޕްލާންޓްގެ މަސައްކަތާއެކު ވިލިނގިލީގައި ގޭސްވެއަރހައުސް އެއް އަޅުއްވަން ހަމަޖެހިފައިވާ ކަމުގައި އެމް ޑީ ވިދާޅުވި. އަދި މިކަމުގެ ސަބުން ވަޒީފާތައް އިތުރުވެ، ގއ.އަތޮޅަށް ގޭސް ޑިސްޓްރިބިއުޓް ކުރުމުގައި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށްވެސް ވިދާޅުވި. މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، އެސިސްޓެންޓް ޑިރެކްޓަރ މުޙަންމަދު ހަސަން .