Feb 05th

އަތޮޅުކައުންސިލްގެ ފަރާތުން ޑިފެންސް މިނިސްޓަރ އާއި ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލްގެ ފަރާތުން ޑިފެންސް މިނިސްޓަރ އޮނަރަބްލް އަލްފާޟިލާ މާރިޔާ އަޙުމަދު ދީދީ އާއި، މިއަދު ބައްދަލުކުރައްވައިފި.

 

މި ބައްދަލުވުމުގައި އޭވިއޭޝަން ސެކިއުރިޓީ އާއި ބެހޭ ގޮތުން ފާހަގަކުރެވިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ނާއި، ރަށްރަށުގެ ފެންބޮޑުވުން ފަދަ ހާދިސާ ތަކާ ގުޅިގެން އެހީތެރިކަން ލިބުން ލަސްވާތީ އެކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު. އަދި ވިލިނގިލީގެ ޤާއިމު ކޮށްފައިވާ ރާޑަރ ސްޓޭޝަން ގެ މަސައްކަތް ނިންމާ ޚިދްމަތް ލިބުން އަވަސް ކުރުމާއިބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނު. އަދި ވިލިނގިލީ ޤާއިމުކޮށްފައިވާ ފަޔަރ އެންޑް ރެސްކިއު ސްޓޭޝަން އަށް ދޫކޮށްފައިވާ ބިމުގެ އެއްވެސް މަސައްކަތެއް ނުކޮށް ބިން އޮންނާތީ ބިމުގެ ބައުންޑަރީ ވޯލް ހެދުމާއި ސާފުކޮށް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސެވުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނު.