Feb 12th

އޮޑިޓަރޖެނެރަލްގެ އޮފީހުގެ ފަރާތުން ބާއްވާ ފައިނޭންޝަލް ސްޓޭޓްމަންޓް ޓްރެއިނިންގ އަދި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިން ޕްރޮގްރާމް ފެށިއްޖެ

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ގއ. އަދި ގދ. ގެ އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތަކަށް އަމާޒްކޮށް ބާއްވާ ފައިނޭންޝަލް ސްޓޭޓްމަންޓް ޓްރެއިނިންގ އަދި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމް މިއަދު ފެށިއްޖެ.

މި ޓްރެއިނިން ޕްރޮގްރާމް ބޭއްވިފައިވަނީ އަތޮޅުކައުންސިލް އިދާރާގެ ހޯލުގައި. މި ބައްދަލުވުމުގައި ގދ. ތިނަދޫ ، ވާދޫ، ފަރެސްމާތޮޑާ، ގއ. ވިލިނގިލި، ކޮލަމާފުށި، މާމެންދޫ، ނިލަންދޫ، ދާންދޫ، ދެއްވަދޫ، ކޮނޑޭ، ގެމަނަފުށި، ކަނޑުހުޅުދޫ ކައުންސިލް އަދި  ގއ.އަތޮޅުކައުންސިލް އިން ބައިވެރިވެފައިވޭ. މި ބައްދަލުވުމުގައި ބައިވެރި ވެފައިވަނީ 28 ބައިވެރިން.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ އޮޑިޓަރޖެނެރަލް އޮފީހުގެ ޑިރެކްޓަރ ޢަލީ ނަޞީރު، އޮޑިޓަރ އަޙުމަދު ޖިނާޙް، އެސިސްޓެންޓް އޮޑިޓަރ މުޙަންމަދު ވިޔާމް، އަދި އެސިސްޓެންޓް އޮޑިޓަރ މުޙަންމަދު ސާފީ