Feb 13th

އޮޑިޓަރޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ އަހަރީ ރިޕޯރޓް ލޯންޗްކޮށްފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހުގެ އަހަރީ ރިޕޯރޓް މިއަދު ލޯންޗް ކޮށްފި.

މި ޚާއްޞަ ރަސްމިއްޔާތު ބޭއްވިފައިވަނީ ގއ. އަތޮޅުކައުންސިލް އިދާރާގެ ހޯލުގައި. ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު.

މި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ގެ އޮފީހުގެ ސަރަހައްދީ އޮފީހުގެ އަހަރީ ރިޕޯރޓް ނެރެދެއްވީ ޝަރަފްވެރި މެހްމާން އަޙުމަދު ފުއާދު އަދި އޮޑިޓަރ ޖެނެރަލް ޙަސަން ޒިއަތު .

މި ރަސްމިއްޔާތުގައި  އޮޑިޓްއޮފީހުން ބޭއްވި ފައިނޭންޝަލް ސްޓޭޓްމަންޓް ޓްރެއިނިންގ އަދި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިންނާއި ވިލިނގިލީ ކައުންސިލްގެ ރައީސް ކައުންސިލަރުން އަތޮޅުކައުންސިލަރުން ކައުންސިލް މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި.

މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ހުރިހާ ކައުންސިލަކުންވެސް މާލީ ރިޕޯރޓް އެކުލަވާލުމުގައި ރަނގަޅުކުރަންވީ ކަންތައްތަކާއި ކައުންސިލްތަކުގެ އިތުބާރު ނުގެއްލި ތަސައްރަފު ފުރިފައިވާ ގާބިލު ކައުންސިލްތަކެއް ގޮތުގައި  ދެކެން ބޭނުންވާކަމަށް ވިދާޅުވި.

އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައިވެސް މާލީ ބަޔާނަށް އަލިއަޅުއްވާ ލައްވާ މާލީ ބަޔާން ރަނގަޅުކުރެވިގެން ނޫނީ ކައުންސިލްތައް ހިންގުން ހަރުދަނާވެގެން ނުދާނެ ކަމަށާއި، ކަމެއް ހޯދައިގަތުމުގައި ނުވަތަ ލިބިގަތުމުގައި އެބަޔެއްގެ ހުރި ޕާރފޯމަންސް ދެއްކެވުމަށް ވިދާޅުވި.