Feb 21st

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށާއި ކޫއްޑޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ސާލިޙު 20 ފެބްރުއަރީ 2019 ވީ ބުދަ ދުވަހު ގެ ހަވީރުގެ ވަގުތެއްގައި ވިލިނގިއްޔަށް ވަޑައިގެންނެވި. އެމަނިކުފާނުގެ  މި ދަތުރުފުޅަކީ ކޫއްޑުގައި ބޭއްވި “މަސްދޯނި އެކައުންޓް” އިފްތިތާޙްކޮށްދެއްވުމަށް ޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެއް.

.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާއި، ވިލިނގިލި ކައުންސިލާއި އަދި ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވި.

މި ގޮތުން އަތޮޅުކައުންސިލްގައި ބޭއްވުނު ބައްދަލުވުމުގެ ތެރޭގައި އަތޮޅުކައުންސިލްގެ 3 ވަނަ ދައުރުގެ 76 ވަނަ ބައްދަލުވުން ބޭއްވިފައިވޭ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙު ބައިވެރިވެ ވަޑައިގެންނެވި. މި ބައްދަލުވުމުގައި އަތޮޅު ތަރައްޤީއަށް ކުރެވެންހުރި ކަންތައްތަކާއި، އަދި ދިމާވާ ދަތިތައް ހިއްސާކުރެވިފައިވޭ. މިއީ އަތޮޅުކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއެކު ބޭއްވުނު ވަރަށް ކާމިޔާބު ބައްދަލުވުމެއް .

މި ބައްދަލުވުމުގައި  ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ، ނައިބްރައީސް އަޙުމަދު ނަޒްމީން ، ކައުންސިލަރ ޙުސައިން އާދަމް ބައިވެރިވެ ވަޑައިގެންނެވި.

.