Feb 26th

“ލާމަރުކަޒީ ދުވަސް 2019 ” ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި

ލާމަރުކަޒީ ދުވަސް ވަރަށް ކުލަގަދަކޮށް މިއަދު ކައުންސިލް އިދާރާގައި ފާހަގަކޮށްފި. މި ދުވަސް ކޮންމެ އަހަރެއްގައިވެސް ކައުންސިލް އިދާރާއިން ދަނީ ފާހަގަކުރަމުން.

.

ލާމަރުކަޒީ ދުވަހާއި ގުޅިގެން ބޭއްވުނު މި ޚާއްޞަ ހަފްލާ ބޭއްވިފައިވަނީ ކައުންސިލް އިދާރާގެ ހޯލުގައި. މި ރަސްމިއްޔާތުގައި އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ މަސައްކަތުގައި ކައުންސިލްގެ މުވައްޒަފުން ބައިވެރިކުރުވުމަށް ، މުވައްޒަފުންނަށް ބިއްލޫރި ފުޅި ޙަވާލުކުރުން އޮތް.

އަދި ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންނަށް ޓީޝާރޓް ޙަވާލުކުރުން ވެސް މި ހަފްލާގައި ބޭއްވިފައިވޭ.

ކައުންސިލް އިދާރާއިން ބޭއްވި މި ހަފްލާގައި ދުވަހާއި ގުޅިގެން ޚާއްޞަ ކޭކެއް ފެޅުން އޮތް.

 މި ރަސްމިއްޔާތުގައި ކައުންސިލް ރައީސް އަޙުމަދު ފުއާދު ، ވިލިނގިލީކައުންސިލަރުން، ވިލިނގިލީގެ ސެކްޓަރތަކުގެ އިސްވެރިން އަތޮޅުކައުންސިލްގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި .

މި ޚާއްޞަ ރަސްމިއްޔާތު ނިމިގެން ދިޔައީ ކައުންސިލްގެ ފަރާތުން ހަފްލާގެ ބައިވެރިންނަށް އެރުވުނު މެންދުރުގެ ފަރީއްކޮޅަކުން.

މީގެ އިތުރުން ވެސް ދުވަހާއި ގުޅިގެން މިއަދު ހަވީރު ގަސްއިންދުމުގެ ޕްރޮގްރާމެއް ބޭއްވިފައިވޭ

.