Mar 03rd

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 75ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ   75ވަނަ ބައްދަލުވުން 14 ފެބްރުއަރީ 2019 ވަނަ ދުވަހުގެ މެންދުރު 12:30 ގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުން ބޭއްވުނީ ހުވަދުއަތޮޅުއުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

މާލެއިން ކުއްޔަށް ހިފުމަށް ހަމަޖެހިފައިވާ އެޕާރޓްމަންޓްގެ އެގްރީމެންޓް ފައިނަލްކުރުން

ނިންމެވި ގޮތް:         ގއ.އަތޮޅުކައުންސިލުން އެއްއަހަރު ދުވަހުގެ މުއްދަތަށް މާލެއިން ކުއްޔަށް ހިފުމަށް ހަމަޖެހިފައިވާ އެގްރީމެންޓަށް އެއްވެސް ކައުންސިލަރަކު އިސްލާޙެއް ހުށަހަޅުއްވާފައިނުވާތީ ކައުންސިލަރުންގެ އިއްތިފާގުން މާލެއިން ކުއްޔަށް ހިފުމަށް ހަމަޖެހިފައިވާ އެޕާރޓްމަންޓްގެ އެގްރީމެންޓް ފައިނަލްކުރެވުނެވެ.

“ހުވަދޫ އެސޯސިއޭޝަން ފޮރ ޓޫރިޒަމް”ގެ ނަމުގައި ޖަމްއިއްޔާއެއް ރަޖިސްޓްރީކުރުމާއި ބެހޭގޮތުން އަތޮޅުކައުންސިލުގެ ލަފައާއި އިރުޝާދު ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ފޮނުވާފައިވާ ސިޓީއާއި ބެހޭ ގޮތުން ގޮތެއް ނިންމުން

 

ނިންމެވި ގޮތް:            “ހުވަދޫ އެސޯސިއޭޝަން ފޮރ ޓޫރިޒަމް”ގެ ނަމުގައި ޖަމްއިއްޔާއެއް ރަޖިސްޓްރީކުރާއިރު އެ ޖަމްއިއްޔާއަކީ މުޅި ހުވަދުއަތޮޅަށް ނިސްބަތްވާ ޖަމްޢިއްޔާއެއްކަމަށްވާތީ، ޖަމްއިއްޔާއިން ކަންތައްތައް ރާވާ ހިންގާއިރު ގއ. އަދި ގދ. އަތޮޅުކައުންސިލާއި ޙިއްސާކުރެވި ގުޅިގެން ކަންތައްތައް ރާވާއި ހިންގުމަށާއި، ޖަމްއިއްޔާ ރަނގަޅު ގޮތުގައި ހިންގެވުމަށް ލަފައާއި އިރުޝާދު ދެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 

ކައުންސިލަރުންގެ ސަސްޕެންޝަން ބާތިލުކުރެވިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ 2 ސިޓީ ކައުންސިލާއި ޙިއްސާ ކުރުން

ނިންމެވި ގޮތް:            ކައުންސިލަރުންގެ ސަސްޕެންޝަން ބާތިލުކުރެވިފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ 2 ސިޓީ ކައުންސިލާއި ޙިއްސާ ކުރެވުނެވެ.

 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ޕަބްލިކް ވާރކްސް ސަރވިސަސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރީޖަނަލް ޔުނިޓްތަކުގެ މަސައްކަތްތައް ހިންގުން ކައުންސިލްތަކާއި ޙަވާލުކުރުމަށް ވެވޭ އެއްބަސްވުމާއި މެދު ގޮތެއް ނިންމުން

 

ނިންމެވި ގޮތް:            މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ޕަބްލިކް ވާރކްސް ސަރވިސަސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރީޖަނަލް ޔުނިޓްތަކުގެ މަސައްކަތްތައް ހިންގުން ކައުންސިލްތަކާއި ޙަވާލުކުރެވޭއިރު ޔުނިޓް އޮތް ގޮތަށް އޮވެ ޙަވާލުވާން އުޒުރުވެރިވާކަމަށާއި، މިނިސްޓްރީގެ ސުޓްރަކްޗަރ އާއި އެއްގޮތަށް ޔުނިޓް ބަދަލުކޮށް އައު ޔުނިޓެއްގެ ގޮތުގައި ޙަވާލުވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 

އަތޮޅުކައުންސިލް އިދާރާގެ ބިޑުކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް މީހުން ހަމަޖެއްސުން

 

ނިންމެވި ގޮތް:            އަތޮޅު ކައުންސިލް އިދާރާގެ ބިޑު ކޮމިޓީގެ ހުސްވެފައިވާ ދެ މަޤާމަށް މިއިދާރާގެ އެސިސްޓެންޓް ރިސަރޗް އޮފިސަރ އަލީ އިބްރާހިމް އާއި އެސިސްޓެންޓް މެއިންޓަނަންސް އޮފިސަރ އަޒީމާ ޙަސަން ހަމަޖެއްސުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ ޤައުމީ މަހާސިންތާ 2019 އިން ނިންމި ނިންމުންތަކަށް ކޮމެންޓްކުރުން

 

ނިންމެވި ގޮތް:            ސިޓީ އަދި އަތޮޅުކައުންސިލްތަކުގެ ޤައުމީ މަހާސިންތާ 2019 އިން ނިންމި ނިންމުންތަކަށް ކޮމެންޓް ކުރެއްވުން ކައުންސިލްގެ ދެންއޮންނަ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަތޮޅު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަށް ޖަވާބު އެރުވުން

 

ނިންމެވި ގޮތް:            އަތޮޅުކައުންސިލުން ނެރެފައިވާ ނޫސްބަޔާނަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަށް ޖަވާބުދާރީވެ، މިއަތޮޅުގެ ފަޅު ރަށްތައް ރިޒޯޓް ތަރައްޤީކުރުމަށް ދެމުންގެންދާތީ އެކަމާއިބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ރައީސުލް ޖުމުހޫރިއްޔާއާއި ބައްދަލުކުރެއްވުމަށް އެޕޮއިންޓްމަންޓް ހަމަޖައްސަވައި 3 ކައުންސިލަރުން ރައީސުލް ޖުމުހޫރިއްޔާއާއި ބައްދަލުކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ނާއިބްރާއީސް އަޙުމަދު ނަޒްމީން އެވެ. ކައުންސިލަރ ޙުސައިން އާދަމް ހުންނެވީ ރަސްމީދަތުރެއްގައި މާލޭގައެވެ.