Mar 03rd

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 77ވަނަ ބައްދަލުވުން ބާއްވައިފި

އަތޮޅުކައުންސިލްގެ 77 ވަނަ ބައްދަލުވުން 28 ފެބްރުއަރީ 2019  ވަނަ ދުވަހު 12:30 ގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ

ހުވަދުއަތޮޅުއުތުރުބުރީ ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބައްދަލުވުމުން ނިންމިކަންތައްތަކަކީ :-

  އެޖެންޑާ އައިޓަމް:1

77 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:              މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް އަތޮޅުކައުންސިލްގެ ރައީސް އަހުމަދު ފުއާދު ހުށަހެޅުއްވުމުން އެއްވެސް ކައުންސިލަރަކު އެޖެންޑާއަށް އިސްލާހެއް ހުށަހަޅުއްވާފައިނުވާތީ، ކައުންސިލަރުންގެ އިއްތިފާގުން ބައްދަލުވުމުގެ އެޖެންޑާ ފާސްކުރެވުނެވެ.

 އެޖެންޑާ އައިޓަމް:2

ތިންވަނަ އަތޮޅުކައުންސިލްގެ 75 އަދި 76 ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

ނިންމެވި ގޮތް:          ކައުންސިލްގެ 75، 76 ވަނަ ބައްދަލުވުމުގެ  ޔައުމިއްޔާ ފާސްކުރުމަށް   ރިޔާސަތުން  ހުށަހެޅުމުން  އެއްވެސް  ކައުންސިލަރަކު ޔައުމިއްޔާއަށް  އިސްލާހެއް  ހުށަހަޅުއްވާފައިނުވާތީ ކައުންސިލަރުންގެ އިއްތިފާގުން ބައްދަލުވުންތަކުގެ ޔައުމިއްޔާ ފާސްކުރެވުނެވެ.

 އެޖެންޑާ އައިޓަމް:3

ޕަބުލިކް ވާރކުސް ސަރވިސަސްގެ ރީޖަނަލް ސައިޓްތަކުގެ މަސައްކަތްތައް ކައުންސިލާއި ޙަވާލުކުރުމާއިބެހޭ އެއްބަސްވުން ހިއްސާކުރުން

 ނިންމެވި ގޮތް:         ޕަބްލިކް ވާރކުސް ސައިޓްގެ އެއްބަސްވުން ، ހުށަހެޅިފައިވާގޮތަށް ބަލައިގަތުން ފެންނަކަމަށް ވިދާޅުވުމުން، ރައީސް އަހުމަދު ފުއާދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ނާއިބުރައީސް އަޙުމަދު ނަޒްމީން ތާއިދުކުރައްވައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާޤުން ފާސްވިއެވެ.

އެޖެންޑާ އައިޓަމް:4

މޯލްޑިވުސް ފައިނޭންސް އެންޑް ލީޒިންގ ކޮމްޕެނީގައި އަތޮޅުކައުންސިލުން ބައިވެރިވުން

 

ނިންމެވި ގޮތް:            މޯލްޑިވުސް ފައިނޭންސް ލީޒިންގ ކޮމްޕެނީގެ ކުރެޑިޓް ސްކީމްތަކުގައި އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުން ބައިވެރިކުރުމާބެހޭ ކަންތައްތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލަށް ފެންނަ ގޮތަކާއިމެދު ރިޔާސަތުން ސުވާލުކުރެއްވުމުން އެއީ މުވައްޒަފުންގެ ލާބައަށްޓަކައި ކުރަންޖެހޭކަމެއްކަމަށް ފެނިވަޑައިގަންނަވާކަމަށް ނާއިބުރައީސް އަހުމަދު ނަޒްމީން ވިދާޅުވުމާއެކު އެކަންވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

“ނެޝަނަލް ފޯރަމް އިން ވައިޑްނިންގ ދަ ސްކޯޕް އޮފް ނޮންފޯމަލް އެޑިޔުކޭޝަން އިން ދަ މޯލްޑިވުސް” (ޖަމާޢަތުގެ ތަޢުލީމުގެ މަހާސިންތާ)ގައި ބައިވެރިކުރާނެ ބޭފުޅުން ކަނޑައެޅުން

ނިންމެވި ގޮތް:            ޖަމާޢަތުގެ ތައުލީމުގެ މަޙާސިންތާގައި އަތޮޅު ތަމްސީލުކުރުމަކީ މުހިއްމު ކަމެއްކަމަށް ފާހަގަކުރައްވައި އެފރުޞަތުގައި އަތޮޅުކައުންސިލްގެ ފަރާތުން ރައީސް އާއި ނާއިބްރައީސް ބައިވެރިވެވަޑައިގަތުމަށާއި، އަތޮޅުގެ 3 ރަށަށް ފުރުޞަތު ދިނުމުގެ ގޮތުން އެ މަޙާސިންތާގައި ވިލިނގިލި، ނިލަންދޫ އަދި ގެމަނަފުށީ ކައުންސިލުގެ ބޭފުޅަކު ބައިވެރިކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

ބަޖެޓް ރިވައިޒްކުރުން

 ނިންމެވި ގޮތް:            ބަޖެޓް ރިވައިޒް ކުރުމުގެ މައްސަލަ މާލީ ޒިންމާދާރުވެރިޔާ އަޙުމަދު ޙަސަންދީދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާތީ މި ބައްދަލުވުމުގައި މިކަމާބެހޭ ބަހުސް ރިޔާޞަތުން ހުޅުވައެއް ނުލައްވައެވެ.

އެޖެންޑާ އައިޓަމް:7

އިދާރާއިން ހުށަހަޅުއްވާފައިވާ ބިލްތަކަށް ފައިސާ ދިނުން

 

ނިންމެވި ގޮތް:         އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 68308.16(ފަސްދޮޅަސް އަށްހާސް ތިންސަތޭކަ އަށްރުފިޔާ/ސޯޅާ ލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލް ރައީސް އަޙުމަދު ފުއާދު،  ނާއިބްރައީސް އަޙުމަދު ނަޒްމީން، ބައިވެރިވެ ވަޑައިގެންނެވި އެވެ. ކައުންސިލަރ ޙުސައިން އާދަމް ހުންނެވީ ރަސްމީ ބޭނުމެއްގައި މާލޭގައެވެ.