Apr 03rd

ގއ.ވިލިނގިލީ ޕޮލިސްސްޓޭޝަންގެ އިސްބޭފުޅުންނާއި ކައުންސިލުން ބައްދަލުކުރައްވައިފި

ގއ.ވިލިނގިލީ ޕޮލިސްސްޓޭޝަންގެ އިސް ބޭފުޅުނާއި އެކު މިއަދު ބައްދަލުވުމެއް ކައުންސިލް އިދާރާގައި ބޭއްވުނު. މި ބައްދަލުވުން ބޭއްވިފައިވަނީ ކައުންސިލްއިދާރާގެ މީޓިން ރޫމުގައި.

މި ބައްދަލުވުމަކީ ބިދޭސީންގެ  ދަފްތަރެއް އެކުލަވާލުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް. މިއަދު މި ބޭއްވުނު ބައްދަލުވުމުގައި އިންސްޕެކްޓަރ މުހަންމަދު ޝަހީމް، އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ޒިންމާދާރު ވެރިޔާ މުޙަންމަދު ނަޞީރު ޢަލީ ބައިވެރިވެ ވަޑައިގެންނެވި .