May 21st

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 88ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 88 ވަނަ ބައްދަލުވުން 14 މެއި 2019 ވަނަ ދުވަހުގެ 11:30 ގައިވަނީ ބޭއްވިފައެވެ.

މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ221-LEG/241/2019/11  ނަންބަރު ސިޓީއާއިބެހޭގޮތުން ގޮތެއް ނިންމުން

 ނިންމެވިގޮތް:            2019 އެޕްރީލް 30 އިން 2019 މެއި 1އަށް ވިލިނގިލީގައި ވިޔަފާރިސޭލްއެއް ބޭއްވުމަށް ސިތާނާ ސްޓޯރަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނާއި، ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ހުއްދަދިނުމާއިގުޅިގެން އެ ސޭލް ގއ.އަތޮޅުތައުލީމީ މަރުކަޒުގައި ކުރިޔަށް ގެންދިއުމުގެ ހުއްދަ މިނިސްޓްރީ އޮފް އެޑިއުކެޝަނުން ނަގާފައި ވަނިކޮށް، ވިލިނގިލީގައި ސޭލް ބޭއްވުމަށް އެކައުންސިލުން ހުއްދަ ނުނަގާކަމަށްބުނެ  ކައުންސިލުން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ސިޓީއެއް ފޮނުވުމުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި އެސޭލް ބޭއްވުމަށް ދެއްވާފައިވާ ހުއްދަ ބާތިލްކޮށްފައިވާކަމުގެ ޝަކުވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމާއިގުޅިގެން، އެ އޮތޯރިޓީން މިމައްސަލައިގައި ކަންހިގާފައިވާގޮތް ބައްލަވައި، ފިޔަވަޅު އަޅުއްވަންޖެހިވަޑައިގަންނަވާ ކަމެއް ފާހަގަކުރެއްވޭނަމަ އަޅުއްވަންޖެހިވަޑައިގަންނަވާ ފިޔަވަޅު އެޅުއްވުމަށްފަހު  އަންގަވައިދެއްވުމަށް އަތޮޅުކައުންސިލުގައި ވަނީ އެދިފައެވެ.

                   މިމައްސަލާގައި ކުރިޔަށްއޮތްތާނގައި ވިލިނގިލީ ކައުންސިލުގައި ވިލިނގިލީގައި ވިޔަފާރިކުރެވޭނެ ގޮތްތައް ކަނޑައަޅައި، ވިޔަފާރިކުރުމާބެހޭ އުސޫލެއް ހެދުމަށް ލަފާދެއްވުމަށާއި، އަދި ރަށުކައުންސިލާއި، ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލާއި، ޕީޓީއޭގެ ނާއިބުރައީސާ އެކު ބައްދަލުކޮށް ކަންހިނގާފައިވާ ގޮތް ރަނގަޅަށް ބައްލަވައި މި ސިޓީގެ ޖަވާބު ދެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

ގއ.އަތޮޅުތައުލީމީ މަރުކަޒުގެ ޕީޓީއޭއިން އެމަރުކަޒުގެ ޤުރުއާން މުބާރާތަށް އެހީއެއްވެދެއްވުމަށް އެދި ހުށަހަޅާފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

  ނިންމެވި ގޮތް:            ގއ.އަތޮޅުތައުލީމީ މަރުކަޒުގެ ޤުރުއާން މުބާރާތުގެ ފަނޑިޔާރުންގެ ކޫއްޑޫ-ވިލިނގިލި-ކޫއްޑޫ ގެ ފެރީ ދަތުރުގެ ޚަރަދާއި، ފަނޑިޔާރުންގެ އެކަމަޑޭޝަން ހަމަޖެއްސުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އިދާރާއިން ހުށަހަޅުއްވާފައިވާ ބިލްތަކަށް ފައިސާ ދިނުން

  ނިންމެވި ގޮތް:         އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 110145.00(އެއްލައްކަ ދިހަހާސް އެއްސަތޭކަ ސާޅިސްފަސްރުފިޔާ) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލް ރައީސް އަޙުމަދު ފުއާދު، ނާއިބްރައީސް އަޙުމަދު ނަޒްމީން، ކައުންސިލަރ ޙުސައިން އާދަމެވެ.