Jun 24th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 92ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުތުބުރީ 3ވަނަ އަތޮޅުކައުންސިލްގެ 92 ވަނަ ބައްދަލުވުން 10 ޖޫން 2019 ވީ ހޯމަ ދުވަހު ބޭއްވިފައިވެ އެވެ.  މި ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމި ކަންތައްތަކަކީ : -

   އެޖެންޑާ އައިޓަމް:1

92 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން އަޙުމަދު ފުއާދު ހުށަހެޅުއްވުމުން ކައުންސިލަރ ޙުސައިން އާދަމް ހުށަހެޅުއްވި ހައުސިންގ ޔުނިޓްތައް މުރާޖާކުރުން އެޖެންޑާއަށް އިތުރުކުރުމަށްފަހު، މިބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

  އެޖެންޑާ އައިޓަމް:2

ތިންވަނަ އަތޮޅުކައުންސިލްގެ 88ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

ނިންމެވި ގޮތް:           ތިންވަނަ އަތޮޅުކައުންސިލްގެ 88ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ރިޔާޞަތުން އަޙުމަދު ފުއާދު ހުށަހެޅުއްވުމުން އެއްވެސް ކައުންސިލަރަކު ޔައުމިއްޔާތަކަށް އުނިއިތުރެއް ހުށަހަޅުއްވާފައިނުވާތީ، މިބައްދަލުވުމުގެ ޔައުމިއްޔާތައް ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

     އެޖެންޑާ އައިޓަމް:3

މަންފާ ކުރެޑިޓް ސްކީމްގެ އުސޫލު ފާސްކުރުން

ންމެވިގޮތް:             މުވައްޒަފުންގެ މަންފާ ކުރެޑިޓް ސްކީމްގެ އުސޫލު ރަނގަޅުކަމަށާއި، އެސްކީމުގެ ކަންތައްތައް އިދާރީގޮތުން ރަނގަޅަށް ބެލެހެއްޓުމަށްޓަކައި މިއިދާރާގެ އެސިސްޓެންޓް އެކައުންޓްސް އޮފިސަރ އަލްފާޟިލާ ސުލްތާނާ އަބުދުއްޞަމަދާއި ހަވާލުކޮށްގެން ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

   އެޖެންޑާ އައިޓަމް:4

ލޯންޗް މަރާމާތުކުރުމަށް މާލޭގައި ތިއްބެވި 2 ފަޅުވެރިންގެ އެލަވަންސް ހަމަޖެއްސުމާމެދު ގޮތެއް ނިންމުން

  ނިންމެވި ގޮތް:            ލޯންޗްގެ މަސައްކަތް ނިމެންދެން މާލޭގައި ތިއްބެވި 2 ފަޅުވެރިންނަށް ދޭންޖެހޭ ކޮއްތު ފައިސާ (-/200 ރުފިޔާގެ ރޭޓުން) ދިނުމަށާއި، މާލެއިން ތިލަފުއްޓަށް ކޮންމެ ދުވަހަކު ފެރީގެ ދެކޮޅު ޓިކެޓް (-/20 ރުފިޔާގެ ރޭޓުން) 14 ދުވަހުން 14 ދުވަހަށްދޭ ގޮތަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ. އަދި މާލޭގައި ތިއްބިވެ 2 ފަޅުވެރިން މާލެގައި ތިއްބެވުމަށް އުޒުރުވެރިވާނަމަ އެޓީމް ބަދަލުކޮށް އެހެންޓީމެއް ފޮނުވުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

އޯކިޑް ލޯންޗްގެ 2 އިންޖީނު ގަތުމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:            އޯކިޑް ލޯންޗްގެ 2އިންޖީނު ގަތުމަށާއި، އަދި އިންޖީނުގެ އިންސްޓޮލޭޝަން ފުރީކޮށްދެއްވުމަށް އެލިއާއިން އެއްބަސްވެފައިވާތީ، ކޯޓޭޝަނުގައިވާއަގަށް (767,191.59) އެލިއާއިން 2 އިންޖީނު ގަތުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

ބިދޭސިންގެ ދަފްތަރުކާޑުގެ ޓެމްޕްލޭޓް ފާސްކުރުން

 ނިންމެވި ގޮތް:            ގއ.އަތޮޅު ކައުންސިލް އިދާރާގެ ވަގުތީ ދަފްތަރުކާޑުގެ ޓެމްޕްލޭޓަށް އެއްވެސް ކައުންސިލަރަކު އިސްލާހެއް ހުށަހަޅުއްވާފައި ނުވާތީ، ޓެމްޕްލޭޓާއި އެއްގޮތަށް ކާޑު ހެއްދުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:7

ކައުންސިލް މަހާސިންތާ ބާއްވާނެ ތާރީޚަކާއި، ތަނެއް ކަނޑައެޅުން

   ނިންމެވި ގޮތް:            ކައުންސިލްގެ މަހާސިންތާ ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ވިލިނގިލި ފިޔަވައި މިއަތޮޅުގެ އެހެނިހެން ކައުންސިލްތަކަށް ފޮނުވައި އެކައުންސިލްތަކުން ކުރެވޭނީ ކޮންކަމެއްތޯބަލައި، އެގޮތުން އެންމެ ފުރިހަމައަށް މަހާސިންތާ ބޭއްވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ރަށެއްގައި ބޭއްވުމަށާއި، އަދި ކައުންސިލް މަޙާސިންތާ 2019 ވަނަ އަހަރު ޖުލައިމަހުގެ 12 އަދި 13 ގައި ބޭއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

  ޖެންޑާ އައިޓަމް:8

ކައުންސިލް މަހާސިންތާގައި އަންހެނުންގެ ކޮމިޓީތައް ބައިވެރިކުރުމާމެދު ގޮތެއް ނިންމުން

  ނިންމެވި ގޮތް:            ކައުންސިލް މަހާސިންތާގައި ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީން މެމްބަރަކު ބައިވެރިކުރުމަކީ ރަނގަޅުކަމެއްކަމަށާއި، އެގޮތުން އަންހެނުންގެ ކޮމިޓީތައް މަހާސިންތާގައި ބައިވެރިވުމުގެ ޚަރަދު އަތޮޅުކައުންސިލުން ސްޕޮންސަރ ކޮށްދެއްވުމަށާއި، އަދި ޖެންޑަރ މިނިސްޓްރީންވެސް ސްޕޮންސަރ ހޯދުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

                    އަދި މިމޙާސިންތާގައި އޮބްޒާވަރުންގެ ގޮތުގައި ބޭތިއްބެވުމަށް މިއަތޮޅު ތިން ދާއިރާގެ މަޖިލިސް މެމްބަރުންންށް ދައުވަތު ދެއްވުމަށް ފެނިވަޑައިގަންނަވާކަމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

ދެކުނު މަޙާސިންތާއާއި ބެހޭގޮތުން މަޝްވަރާކުރުން

  ނިންމެވި ގޮތް:                   ދެކުނު މަޙާސިންތާ މިއަހަރު ގއ. ގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، 4 އަތޮޅުގެ ވެރިންނާއި ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު މަހާޞިންތާއާއި ބެހޭ ގޮތަށް ގޮތެއް ނިންމެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:10

ޒަލްދާން އޮއިލް ސަޕްލައިޒްގެ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

  ނިންމެވި ގޮތް:                   ޑީސަލާއި ޕެޓްރޯލު ގަތުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާއާއި ޒަލްދާން އޮއިލް ސަޕްލައިޒް އާއެކު ކުރެއްވިފައިވާ އެއްބަސްވުމުގެ މުއްދަތު 2019 އެޕްރީލް 29 އަށް ހަމަވެފައިވާތީ، ވީހާވެސް އަވަހަކަށް ޑީސަލާއި ޕެޓްރޯލް ގަތުމަށް އަލުން އިއުލާންކޮށް އެގްރީމެންޓް ކުރެވެންދެން ޒަލްދާން އޮއިލް ސަޕްލައިޒް އިން ވަގުތީ ގޮތުން ޑީސަލާއި ޕެޓްރޯލް ގަތުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:11

ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެކޮމިޓީގެ އޮޑިޓެއް ކޮށްދެއްވުމަށް އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

  ނިންމެވި ގޮތް:                   ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރތާ ކޮމިޓީން އެކޮމިޓީގެ އޮޑިޓެއް ކޮށްދެއްވުމަށް މިއިދާރާގައި އެދިފައިވީނަމަވެސް، މިއިދާރާއިން އެކަން ކުރުމަކީ އެހާ ރަނގަޅުކަމެއް ނޫންކަމަށާއި، އެފަރާތުން ބޭނުންވާ އޮޑިޓްކުރުމަށް މިނިވަން އޮޑިޓް ފާރމް އަކާއި ގުޅިގެން އެކަންކުރުމަށް ލަފާދެއްވުމަށާއި، އަދި ރަށުކައުންސިލްތަކުގެ އޮޑިޓްކުރާއިރު އަންހެނުންގެ ކޮމިޓީތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:12

ހައުސިންގ ޔުނިޓްތައް މުރާޖާކުރުން

 ނިންމެވި ގޮތް:                   މިއަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 750 ހައުސިންގ ޔުނިޓްތައް އަތޮޅުގެ ރަށްތަކަށް ބަހާލެވުނުއިރު ބައެއް ކައުންސިލްތަކުން ހިތްހަމަނުޖެހޭ ކަންތައްތަކެއް ހުރުމާއެކު، ހައުސިންގ ޔުނިޓްތައް އަލުން ރިވައިޒްކޮށް ފޮނުވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެޖެންޑާ އައިޓަމް:13

އިދާރާއިން ހުށަހަޅުއްވާފައިވާ ބިލްތަކަށް ފައިސާ ދިނުން

  ނިންމެވި ގޮތް:         އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 62,272/-(ފަސްދޮޅަސްދެހާސް ދުވިސައްތަ ހަތްދިހަ ދެރުފިޔާ) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.