Jul 03rd

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 95ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 95 ވަނަ ބައްދަލުވުން 02 ޖުލައި 2019 އަންގާރަ ދުވަހު ހެނދުނު 10:30 ގައި ވަނީ ބޭއްވިފައި. މި ބައްދަލުވުމުން ނިންމި ކަންތައްތަކަކީ: -

އެޖެންޑާ އައިޓަމް:1

93 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ނާއިބުރައީސް އަޙުމަދު ނަޒުމީން ހުށަހެޅުއްވުމުން ކައުންސިލަރ ޙުސައިންއާދަމް ހުށަހެޅުއްވި، މިހިނގާ ޖުލައި 12 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ ގއ.އަތޮޅުމަޙާސިންތާ ފަސްކުރުން އެޖެންޑާއަށް އިތުރުކުރުމަށްފަހު، މިބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:2

ރައީސް އަޙުމަދު ފުއާދުގެ ޗުއްޓީއާ ބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           އެދިލައްވާފައިވާގޮތަށް ޖުލައި 10 އިން 15އަށް ރައީސަށް ޗުއްޓީ ދެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:3

ގއ.ގެމަނަފުށީ ހިތަދޫގެ އަޙުމަދު ޝާފިޢު އަތޮޅުކައުންސިލަށް ފޮނުވާފައިވާ ސިޓީއާބެހޭ ގޮތުން މަޝްވަރާކުރުން

 ނިންމެވި ގޮތް:           ގއ.އަތޮޅުކައުންސިލުގައި އެކެފަރުދޯނީގެ ރަޖިސްޓްރީ ބަދަލުކުރުމަށް ރަސްމީކޮށް ހުށަހަޅާފައިނުވާކަމަށާއި، އެސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ސިޓީގެ ޖަވާބުދެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.  

ނިންމެވިގޮތް:           

އެޖެންޑާ އައިޓަމް:4

ގއ.ނިލަންދޫ “ކައުންސިލް ކަޕް” ފުޓުސަލް މުބާރާތަށް އެހީވުމާއިބެހޭ ގޮތުން ގޮތެއް ނިންމުން

 ނިންމެވި ގޮތް:           އަތޮޅުކައުންސިލުގެ ޕްރޮގްރާމް ބަޖެޓްގައި މިކަހަލަކަންކަމަށް އެހީވުމަށް ފައިސާ ދޫކުރެވޭނެ ކޯޑެއްނެތްކަމަށާއި، އެހެންނަމަވެސް އަތޮޅުކައުންސިލުގެ ފަރާތުން ސްޕޮންސަރ ހޯދުމަށް އެކިފަރާތުގައި ދަންނަވާނެކަމަށް ނިލަންދޫ ކައުންސިލަށް އެންގެވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

މިހިނގާ ޖުލައި 12 އިން 13އަށް ބާއްވަން ހަމަޖެހިފައިވާ ގއ.އަތޮޅުމަޙާސިންތާ ފަސްކުރުން

 ނިންމެވި ގޮތް:            މިހިނގާ ޖުލައި 12އިން 13އަށް ބާއްވަން ހަމަޖެހިފައިވާ އަތޮޅުކައުންސިލުގެ މަހާޞިންތާ އަންނަ އޮގަސްޓްމަހުގެ ކުރީކޮޅުގައި ބޭއްވުމަށާއ، މަޙާސިންތާ ބާއްވާނެ ތާރީޚެއް ފަހުން ކަނޑައެޅުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އަދި މަޙާސިންތާ ބާއްވާނެ ރަށެއް ކަނޑައެޅުމަށް ފުރުޞަތު ހުޅުވާލުމުން އެއްވެސް ރަށު ކައުންސިލަކުން އެކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، ރަށުކައުންސިލްތަކުން މަޙާސިންތާ ބޭއްވުމަށް ޝަޢުޤުވެރިނުވާ ސަބަބެއް ބެއްލެވުމަށްވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

ނިންމެވި ގޮތް:   އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 62,273.72 (ފަސްދޮޅަސްދެހާސް ދުއިސައްތަ ހަތްދިހަ ތިންރުފިޔާ/ހަތްދިހަ ދެލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.